05 Jan 2012, 12:52
ފައިނޭންޝަލް ކޮންޓްރޯލާ ކަމުގެ މަގާމަށް ހެންވޭރު އިރުވައި މުހައްމަދު އަހުމަދު މިއަދު އައްޔަން ކުރައްވައި، އެމަނިކުފާނަށް މަގާމުގެ ފަތްކޮޅު ދެއްވައިފި އެވެ. ފަތްކޮޅު ދެއްވުން އޮތީ، މިއަދު ހެނދުނު ރައީސް އޮފީހުގަ އެވެ.
މުހައްމަދު އަހުމަދު އެމަގަމަށް އައްޔަންކުރެއްވީީ ކުރިން އެމަގާމުގައި ހުންނެވި އަހުމަދު އަސްއަދު އިސްތިއުފާ ދެއްވުމާ ގުޅިގެން އެމަގާމު ހުސްވެފައި ވަނިކޮށެެވެ.
މުހައްމަދު އަހުމަދު، މި މަގާމަށް އައްޔަން ކުރެއްވީ، ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައި ކަމަށާއި އޭނާ މިހާތަނަށް ހުންނެވީ، މިނިސްޓަރު އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ނައިބު ކަމުގެ މަގާމުގަ އެވެ.