ދެހާސް ސޯޅަ ވަނަ އަހަރު ނުކުތް ހޮލީވުޑް ފިލްމު "ދަ ގާލް އޮން ދަ ޓްރެއިން"ގެ ހިންދީ ރީމޭކް ރިލީޒްކުރާނީ އޮންލައިން ޕްލެޓްފޯމް ނެޓްފްލިކްސް އިން ކަމަށް ހަބަރުތައް ބުނެފި އެވެ.

މި ފިލްމު ކުރިން ރިލީޒްކުރަން ނިންމީ މެއި މަހުގެ އަށްވަނަ ދުވަހު އެވެ. ނަމަވެސް ކޮރޯނާވައިރަހުގެ ސަބަބުން އިންޑިއާގެ ސިނަމާތައް ބަންދުކުރުމާއެކު ރިލީޒްކުރަން ހުރި ފިލްމުތައް ރިލީޒްކުރެވިފައެއް ނުވެއެވެ. އެކަމުގެ ސަބަބުން ގިނަ ޑައިރެކްޓަރުންނެއް އަންނަނީ އެ މީހުން ފިލްމުތައް އޮންލައިން ޕްލެޓްފޯމްތަކަށް ވިއްކަމުންނެވެ.

ޕަރިނީތީ ޗޯޕްރާ ލީޑު ރޯލުން ފެނިގެންދާ މި ފިލްމަކީ ރިލަޔަންސް އެންޓަޓައިންމަންޓުން ޕްރޮޑިއުސްކުރާ ފިލްމެކެވެ.

އެ ފިލްމަކީ 2015 ވަނަ އަހަރު ޕައުލާ ހޯކިންސް ހަމަ އެ ނަމުގައި ނެރުނު ވާހަކަ ފޮތެއްގެ އަސްލަކަށް ބިނާކޮށް އުފެއްދި ފިލްމެކެވެ.
ސައިކޮލޮޖީ ތްރިލާ އެ ފިލްމު ޝޫޓްކޮށްފައި ވަނީ ލަންޑަނުގަ އެވެ.

ބޮކްސް އޮފީހުގައި 173.2 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި އެ ފިލްމަކީ ރަލަށް ދެވި ހިފާފައިވާ އަންހެނެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.