16 Jul 2020, 22:04
އިއްޔެގެ 18:00ން މިއަދުގެ 18:00، އަށް 68 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިން ހާމަކޮށްފި އެވެ. އޭގެތެރެއިން 47 މީހުންނަކީ ދިވެހީންނެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ހާމަކުރި ގޮތުގައި މިއަދު 47 ދިވެހިން ޕޮޒިޓިވްވި އިރު ބަލްގްލަދޭޝްގެ އިތުރު ނުވަ މީހަކާއި އިންޑިއާގެ ހަތަރު މީހަކާއި ފިލިޕީންސްގެ ތިން މީހުންގެ އިތުރުން ނޭޕާލްގެ އެކަކުވެސް ވަނީ މިއަދު ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.
މިއަދު ޕޮޒިޓިވްވި 68 މީހުންނާއެކު ރާއްޖެއިން މިހާތަނަށް ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 2،899 އަށް އަރައިފަ އެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކުވައިދޭގޮތުގައި މިއަދު އިތުރު 18 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ރާއްޖެއިން ބަލި ޖެހުމަށްފަހު ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 2،339 އަށް އަރައިފަ އެވެ.
މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ 530 އެވެ. ކަރަންޓީނު ފެސިލިޓީތަކުގައި 32 މީހަކު ތިބި އިރު އައިސޮލޭޝަންގައި މިވަގުތު 440 މީހަކު އެބަ ތިއްބެވެ.
ކަމާބެހޭ ފަރާތްތަކުން ވަނީ މިހާތަނަށް މި ބައްޔަށް 65،176 ސާމްޕަލް ނަގައިފަ އެވެ. މީގެ ތެރޭގައި ތަކުރާކުރަން ޖެހުނު ސާމްޕަލްވެސް ހިމެނެ އެވެ.
ކޮވިޑް-19 ޖެހިގެން މިހާތަނަށް ރާއްޖެއިން 15 މީހަކު ވަނީ ނިޔާވެފަ އެވެ. ނިޔާވި މީހުންގެ ތެރޭގައި މިއަދު މެންދުރުގެ ވަގުތެއްގައި ނިޔާވި 42 އަހަރުގެ ދިވެހި ފިރިހެނެއްވެސް ހިމެނެއެވެ.
ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް-19ގެ ކޭސްއެއް ފެނުނީ މާޗް 7 ވަނަ ދުވަހުއެވެ. އޭގެ ފަހުން މާލެއިން ކޮވިޑުގެ ކޭސްއެއް ފެނުނީ އޭޕްރިލް 15 ވަނަ ދުވަހު އެވެ.
ކޮވިޑް-19 އާ ގުޅިގެން މިނިޓަރިންގެ ހާލަތުގައި މިހާރު އޮތީ ނ. ކުޑަފަރީ އެކަންޏެވެ.