14 Jul 2020, 18:05
ކޮވިޑް-19ގައި ރާއްޖެއިން މަރުވި 14 ވަނަ މީހާ މިއަދު މަރުވެއްޖެ އެވެ.
އެޗްޕީއޭ އިން ބުނީ، މިއަދު މަރުވި މީހާއަކީ، 79 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.
ހުޅުމާލޭ މެޑިކަލް ފެސިލީޓިގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔަ އެ އަންހެން މީހާ މަރުވީ، މިއަދު ހަވީރު 5:05 ގައި ކަމަށް އެޗްޕީއޭ ބުންޏެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ، 2،762 މީހުންނެވެ. އޭގެ ތެރެއިން، 2،290 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ، 444 އެވެ.
މި ބަލި ޖެހިގެން އެންމެ ފުރަތަމަ މީހަކު ރާއްޖެއިން މަރުވެފައި ވަނީ، މިދިޔަ އެޕްރީލް މަހު 29ގައެވެ.