19 Jul 2020, 08:55
ފުރަބަންދު ވޯކްއައުޓް ސެގްމަންޓްގެ އެންމެ ހާއްސަ އެއްބަޔަކީ މާބަނޑު ދުވަސްވަރާއި ވިހައިގެން ކުރާ ކަސްރަތުތައް ގެނެސްދިނުމެވެ. ގެޓް ފިޓް ވިތް ރަންގެ ޓީމު ހިންގަމުން އަންނަ ޑރ.ރަނާ އަހްމަދު ހަމީދު އަކީ މި ދާއިރާއިން ހާއްސަކޮށް ބަމްޕް އެންޑް ބިޔޯންޑް ޓްރެއިނިންގް ފުރިހަމަކޮށްފައިވާ އިންސްޓްރަކްޓާއެކެވެ.
މިއަދުގެ އެޕިސޯޓްގައި ރަނާ މިގެނެސްދެނީ ސްޓެބިލިޓީ ބޯޅައެއް ބޭނުންކޮށްގެން މި ދުވަސްވަރު ގޭގައި ކުރެވިދާނެ ކަސްރަތުތަކެކެވެ. މިއަދުގެ އެޕިސޯޓްގައި ތަފާތު ފަސް ކަސްރަތެއް ފެނިގެންދާނެ އެވެ. މި ހުރިހާ ކަސްރަތެއްކުރާއިރުވެސް ޕެލްވިކް ފްލޯ އެކްސަސައިޒްތައް ކުރިއަށްގެންދިއުމަށް ރަނާ އެދެ އެެވެ. ޕެލްވިކް ފްލޯ އެކްސަސައިޒް ކުރާނެ ގޮތް މި ސީރީޒްގެ ފުރަތަމަ އެޕިސޯޑުގައި ވާނީ ގެނެސްދީފަ އެވެ.
މާބަނޑުއިރު އަދި ވިހައިގެން ކަސްރަތުކުރާއިރު، ޑޮކްޓަރެއްގެ ލަފާއާއި އިރުޝާދު ހޯދުމަކީ މުހިންމުކަމެކެވެ.
މި ކަސްރަތުތަކުން ހަށިގަނޑުގެ ކޯ މަސަލްސް އާއި، ނޭވާލުން އަދި ކޮނޑުމަތީގެ މަސްތަކަށްވެސް ލުއިވާނެ އެވެ. ކަސްރަތުކުރަމުންދާއިރު، ލަސްލަހުން ކުރުމަށާއި، ރަނގަޅަށް ނޭވާލުމަށް ސަމާލުކަންދޭންވާނެ އެވެ. އަދި ރަނގަޅު ސްޓެބިލިޓީ ބޯލްއެއް ބޭނުންކުރުން އެދެވިގެންވާއިރު، ޕެލްވިކް މަސަލްސްތަކާއި ބަނޑުވެސް އެތެރެއަށް ހިފަހައްޓާލުން މުހިންމެވެ.
މި ސެގްމަންޓްގައި ފެނިގެންދާ ކަސްރަތުތަކަކީ؛
ނީ ޕުލްސް
- ހޮވާ ނީޕުލްސް
- ހިޕް ފްލެކްސާ ރޮކް
- ރޯލިން ޕުލްއިންސް
- ބޯލް ހޮވާރސް
މާބަނޑުދުވަސްވަރަކީ ގައިގެ ތަދުތައް އިތުރުވާ ދުވަސްވަރަކަށްވާއިރު މި ކަސްރަތުތަކުގެ އެހީގައި ކޮނޑުމައްޗާއި އަދި ބުރަކަށީގެ ތަދުތަކަށްވެސް ކޮންމެވެސް ވަރެއްގެ ލުއިކަމެއް އިހުސާސްވާނެ އެވެ.