ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާހަކަތައިގެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި އެވެ.

ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން މުހައްމަދު ހުށަހަޅުއްވާފައިވާ ހަކަތައިގެ ބިލް، މިހާރު އޮތީ މަޖިލީހުގެ އެންވައިރުމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީގަ އެވެ.

އެ ކޮމެޓީން ބިލު ދިރާސާ ކުރަމުން އަންނައިރު ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ 14:00 އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ. ހިޔާލު ފޮނުވަން ޖެހޭނީ[email protected]ނުވަތަ ލިޔުމުން މަޖިލީހުގެ އިދާރާއަށެވެ.

ހަކަތައިގެ ބިލެއް ހުށަހަޅާފައިވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް އެކަށީގެންވާ އެގެއްގައި އިތުބާރުހިފޭ އަދި ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ހިދުމަތް ލިބޭކަން ކަށަވަރު ކުރުމަށް ކަމަށް އެ ބިލްގައި ވަނީ ބުނެފަ އެވެ.

އެ ބިލު ފާސްވުމުން، ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ ބޭނުންކުރުމަށް ހިތްވަރުދީ، އެކަން ކަށަވަރުކުރުމަށްޓަކައި އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރުމުން ދާކަން ބަލައި މޮނިޓަރކުރެވޭނެ ނިޒާމެއް ގާއިމު ކުރަން ޖެހޭނެ އެވެ.