މާލޭން ފުރައިގެން ކުޅުދުއްފުއްޓަށް ދަތުރުކުރި ބޯޓެއްގެ އިންޖީނުގައި އަލިފާން ރޯވެ އެކެއްގެ ފައި ބިނދި އިތުރު އަންހެނަކާއި ފިރިހެނަކު ޒަހަމް ވެއްޖެ އެވެ.

http://sun.mv/albums/live_3015.jpg

ފުލުހުން ބުނީ އަލިފާން ރޯވީ ކުޅުދުއްފުށީ "ފާޅު" ބޯޓު މާލެއިން ފުރައިގެން ދަތުރު ކުރަމުން ދަނިކޮށް 5:00 ޖެހިއިރު އާރަށާ ހަމައިން ކަމަށެވެ. އެ ހާދިސާގައި ބޯޓުން މީހަކު ފިހިފައެއް ނުވެ އެވެ.

ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނޭ ގޮތަށް 172 މީހުންނާއެކު ދަތުރުކުރި ފާޅު ބޯޓު ކައިރިއަށް ކޯސްޓްގާޑުގައި ދިޔަ ސަންގެ ނުސްވެރިޔަކު ބުނީ އަލިފާނުގެ ހާދިސާ ހިނގި ވަގުތު އެކެއްގެ ފައި ބިނދިފައިވާ ކަމަށާއި ފައި ބިނދުނީ އިންޖީނުގައި ރޯވި ވަގުތު އިންޖޫނުގެ ގޭގެ މަތީގައި ހދ. ނޮޅިވަރަމް ހިޔަލީ އަހުމަދު މުހައްމަދު 80، އަށް ކަމަށެވެ.

http://sun.mv/albums/live_3011.jpg

" ލިފާން ރޯވި ވަގުތު ފިލާގަނޑު ވިއްސައިގެން ގޮސް އެމީހާގެ ފައިބިންދައިގެން ގޮސްފައިވާ ކަމަށް ވަނީ،" އޭނާ ބުންޏެވެ. "ބޯޓުގައި ތިބި މީހުން ބުނީ އިންޖީނުގައި އަލިފާން ރޯވީ ކަމަށް. ބޯޓުގެ އެއްވެސް ތަނެއް އަނދައި ގެއްލުންވެފައެއް ނެތް،"

ބޯޓުގައި ރޯވި އަލިފާން މިހާރު ވަނީ ނިއްވާލުމަށް ފަހު ބޯޓު މިހާރު ވަނީ މާލޭ ޓީ ޖެޓީއަށް ގެނެސްފަ އެވެ.