04 Jan 2012, 16:11
މިއަހަރުގެ މާޗް މަހު އަވައްޓެރި ނޭޕާލްގައި ފެށުމަށް ހަމަޖެހިފައިވާ އޭއެފްސީ ޗެލެންޖް ކަޕަށް ތައްޔާރު ވުމުގެ ގޮތުން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތައް މިމަހު ފަހުކޮޅު ފަށާނެ ކަމަށް އެފްއޭއެމް އިން މިއަދު ބުނެފި އެވެ.
އެފްއޭއެމްގެ އިސް އޮފިޝަލަކު ވިދާޅުވީ މުބާރާތައް ތައްޔާރު ވުމުގެގޮތުން ޓީމްގެ ފަރިތަކުރުންތައް ނުފެށި ލަސްވަނީ އިދާރީ ބައެއް ކަންތައްތައް އަދި މުޅިން ފައިނަލް ވެފައި ނުވާތީވެ ކަމަށެވެ. އަދި މިމަހުގެ ފަހުކޮޅު ފަރިތަކުންތައް ފަށާ ދުވަސް އަދި މުޅިން ފައިނަލް ނުވާކަމަށް ވެސް ވިދާޅުވި އެވެ.
މިފަހަރުގެ އޭއެފްސީ މުބާރާތުގައި ރާއްޖެ ލައްވާލީ ގްރޫޕް އޭ ފަޅީގައެވެ. އެގޮތުން މުބާރާތުގައި ރާއްޖެ ހިމެނޭ ފަޅީގައި ހިމެނޭ ޓީމްތަކަކީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ނޭޕާލާއި ތުރްކުމެނިސްތާން އަދި ފަލަސްތީނެވެ.
މުބާރާތުގައި ރާއްޖެ މެޗް ކުޅޭ ދުވަސްތައް
މާޗް މަހުގެ އަށް ވަނަ ދުވަހު: ރާއްޖެ އާއި ތުރްކުމެނިސްތާން
މާޗް މަހުގެ 10 ވަނަ ދުވަހު: ނޭޕާލާއި ރާއްޖެ
މާޗް މަހުގެ 12 ވަނަ ދުވަހު: ރާއްޖެ އާއި ފަލަސްތީން