13 Jul 2020, 09:17
ކޮރޯނާވައިރަހުގެ ސަބަބުން ސޮނީ އެންޓަޓެއިންމަންޓުން ގެނެސްދޭ އިންޑިއަން އައިޑަލްގެ 12 ވަނަ ސީޒަންގެ އޮޑިޝަންތައް އޮންލައިންކޮށް ފެށުމަށް ނިންމައިފި އެވެ.
މި މަހު 25 ވަނަ ދުވަހުން ފެށިގެން އިންޑިއަން އައިޑަލްގެ އޮޑިޝަންތައް ބާއްވަން ނިންމާފައިވާއިރު ސޮނީ ޓީވީއިން ވަނީ އައިޑަލްގެ ޕްރޮމޯ ވީޑިއޯކޮޅެއް ވެސް އާންމުކޮށްފަ އެވެ. އެ ޝޯގެ ހޯސްޓް އަދިތްޔާ ނާރަޔަން ބުނީ އޮޑިޝަންގެ ވަގުތުޖެހެންދެން ގިނަ ވަގުތު ކިއުގައި ތިބުމަށްވުރެ ގޭގައި ތިބެގެން އޮޑިޝަން ކުރިއަށް ގެންދިޔުމުން އައިޑަލް ބައިވެރިންނަށް ވެސް ފަސޭހަވެގެންދާނެ ކަމަށެވެ.
މި ފަހަރު ޝޯގެ ޖަޖުންނަކީ ވިޝާލް ދަދްލާނީ، ނެހާ ކައްކަރުގެ އިތުރުން ހިމޭޝް ރޭޝަމިޔާ އެވެ.
އައިޑަލް 11ގެ ޓައިޓަލް އުފުލާލީ ސަނީ ހިންދުސްތާނީ އެވެ.