ހެންވޭރުގައި ގެސްޓްހައުސްގެ ގޮތުގައި ހިންގާ ގެއެއްގެ ތެރޭގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މަރުވެފައި އޮޮއްވާ ފެނުނީ އިންޑިއާގެ ރައްޔިތެކެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބިދޭސީ މީހާ ފެނިފައި ވަނީ ހުއްދަ ނުނަގާ ގެސްޓްހައުސް އެއްގެ ގޮތުގައި ހިންގާ ތަނެއްގެ ތެރެއިން ކަމަށެވެ.

އެތަނުގައި މީހަކު މަރުވެފައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ހުށަހެޅީ މިއަދު 17:51 ހާއިރު ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ މައްސަލައާ ގުޅިގެން ފުލުހުން ސީންގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.