04 Jan 2012, 15:42
ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅޭ ހޮލެންޑް މިޑްފީލްޑަރު ރަފެއަލް ވެންޑަ ވާޓް އެކުލަބު ދޫކޮށް ދާން އުޅޭ ހަބަރު އޭނާ ދޮގުކޮށްފި އެވެ. ޓޮޓެންހަމް އަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގާއި ހަމައަށް ދިއުމަށް އެހީތެރިވެދޭނެ ކަމަށް ވެސް ވެންޑަ ވާޓް ބުނެފައި ވެއެވެ.
ވެންޑަ ވާޓް އަކީ ޓޮޓެންހަމްގެ ފޯވާޑް ލައިނުގައި ހިމެނޭ ގޯލާއި ރައްޓެހި އެއް ކުޅުންތެރިއެކެވެ. ވެންޑަ ވާޓްގެ އަނިޔާގެ މައްސަލަތައް ކުރިމަތިވަމުން އަންނާތީ އެކުލަބުގެ ކޯޗު ހެރީ ރެޑްނެޕް ވެސް އެކަމާއި ކަންބޮޑުވާކަމަށް ދާދި ފަހުން ބުނެފައި ވެއެވެ.
"މިސީޒަނުގައި އަހަރެން އެއްވެސް ކުލަބަކަށް ނުދާނަން. ހުންނާނީ ޓޮޓެންހަމް ގައި. އަލުން ޗެމްޕިއަންސް ލީގާއި ހަމައަށް ދިއުމަށް ޓޮޓެންހަމް އަށް އެހީތެރިވެދޭން ބޭނުމީ. ކުޅުންތެރިއަކާއި ކޯޗަކާއި ދެމެދު ދެބަސްވުންތަކެއް ހުރެދާނެ. ނަމަވެސް އެކަންކަން ޖެހޭނީ ހައްލުކުރަން. ރެޑްނެޕް އަކީ މޮޅު ކޯޗެއް. ރެޑްނެޕް އާއި އެކު ކުރިއަށްދާން ބޭނުމީ." ވެންޑަ ވާޓް ބުންޏެވެ.
ޓޮޓެންހަމްގެ ފޯވާޑް ލައިނުން ޖާގަ ހޯދުމަކީ އުނދަގޫ ކަމެކެވެ. މިހާރަކަށް އައިސް ޓޮޓެންހަމްގެ ފުރަތަމަ އެގާރައިން ޖާގަ ހޯދަނީ އެމަނުއެލް އަޑެބަޔޯ އާއި ވެންޑަ ވާޓް އެވެ. އެމަގާމުތަކެއް އެންމެ ވާދަވެރިކަމެއް ދައްކަނީ ޖާމެން ޑެފޯ އާއި ރޯމަން ޕަވްލިޔުޝެންކޯ އެވެ.