12 Jul 2020, 10:12
ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ޝްރައްދާ ކަޕޫރު އޭނާގެ އިންސްޓަގްރާމަށް 50 މިލިއަން ފޮލޯވަރުން ލިބިއްޖެ އެވެ.
އޭނާ އަށް އިންސްޓަގްރާމުން 50 މިލިއަން ފޮލޯވަރުން ލިބުމާ ގުޅިގެން އޭނާ ވަނީ އިންސްޓަގްރާމުގައި ވީޑިއޯއެއްވެސް ހިއްސާކޮށްފަ އެވެ. އިންސްޓަގްރާމުގައި ޝްރައްދާއަށް 50 ފޮލޯވަރުން ހަމަވުމާއެކު އޭނާ އަންނަނީ އޭނާގެ ފޭނުންނަށް ޝުކުރުއަދާކުރަމުންނެވެ.
ބޮލީވުޑްގެ އެކްޓަރުން ތެރެއިން އިންސްޓަގްރާމުގައި އެންމެ ފޮލޯވަރުން ގިނައީ ޕްރިޔަންކާ ޗޯޕްރާގެއެވެ. އޭނާގެ އެކައުންޓުގައި 54.7 މިލިއަން ފޮލޯވަރުން އެބަ ތިއްބެވެ. ދެވަނައަށް އެންމެ ގިނައީ ދީޕިކާ ޕަދުކޯންގެއެވެ. އޭނާގެ އެކައުންޓުގައި 50.3 މިލިއަން ފޮލޯވަރުން އެބަތިއްބެއެވެ. ޝްރައްދާގެ އެކައުންޓުގައި 50 މިލިއަން ފޮލޯވަރުން ހަމަވިއިރު އޭނާއާ އެންމެ ގާތްކުރާ ތަރި އާލިއާ ބަޓްގެ އިންސްޓާ އެކައުންޓަށް 47.8 މިލިއަން މީހުން ފޮލޯކުރެއެވެ.
ބަތަލާ އާލިއާ ބަޓްގެ އިންސްޓަގްރާމް އެކައުންޓް ފޮލޯވަރުން ވަނީ ސުޝާންތުގެ މަރާއެކު ވަރަށް ބޮޑަށް ދަށްވެފައެވެ.
ޝްރައްދާ ކަޕޫރު އެންމެ ފަހުން ސްކްރީނުން ފެނިގެންދިޔައީ އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތް އާއެކު "ޗިޗޯރޭ" އިންނެވެ.