04 Jan 2012, 14:40
"މަގޭ މުސްތަަގުބަލް މަގޭ ނިންމުން" މި ނަމުގައި ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާނެ ޒުވާނުން އިތުރު ކުރުމުގެ ޕްރޮގްރާމެއް ޑީއާރްޕީން އިއުލާން ކޮށްފި އެވެ.
ޑީއާރްޕީގެ ސްޕޯކްސް ޕާސަން ގައްދޫ ޒީނާ ޒާހިރު ވިދާޅުވީ ޕާޓީގެ އެ ހަރަކާތް ކުރިއަށް ގެންދާނީ ދެދުވަހަށް ވ، ކެޔޮދޫގައި ކަމަށެވެ.
ޑީއާރްޕީގެ "މަގޭ މުސްތަޤުބަލް މަގޭ ނިންމުން" މި ހަރަކާތް ހިންގާނީ މި މަހުގެ 19 ވަނަ ދުވަހާއި 21 ގަ އެވެ.
ޒީނާ ވިދާޅުވީ ކެޔޮދޫ ޕްރޮގްރާމްގައި ސިޔާސީ ދާއިރާގައި ކުރިއަށް ދާން ބޭނުންވާ ޒުވާނުންނަށް ސިޔާސީ ދާއިރާގައި މިހާރު ތިއްބެވި ބޭފުންނާއި ފަންނީ ބޭފުޅުން މައުލޫމާތު ދޭނެ ކަމަށެވެ.
ޑީއާރްޕީން ބުނީ ކެޔޮދޫގައި ހިންގާ ޕްރޮގުރާމްގައި ބައިވެރިވާން އެދޭ ޒުވާނުން ފޯމެއް ހުށަހަޅަން ޖެހޭ ކަމަށާއި 18 އަހަރާއި 35 އަހަރާއި ދެމެދުގެ ކޮންމެ ޒުވާނަކަށް ވެސް މި މަހުގެ 15 އާ ހަމައަށް ފުރުސަތު ހުޅުވާލާފައިވާއިރު އެހެން ޕާޓީތަކުގެ ޒުވާނުންނަށް ވެސް އެ ހަރަކާތުގައި ބައިވެރިވެވޭނެ ކަމަށެވެ.
މީގެ ކުރިން ޑީއާރްޕީން ވަނީ ޒުވާނުންނަށް އަމާޒުކޮށް "ކޮފީ ވިތު ޑީއާރްޕީ" ގެ ނަމުގައި ވެސް ޕްރޮގްރާމެއް އެކުލަވައިލާ އާންމުކޮށް އިއުލާން ކޮށްފައެވެ.