10 Jul 2020, 17:03
ފިލައިގެން އުޅޭ އަށް ބިދޭސީއަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.
ފުލުހުން ބުނީ ހޯދަމުންދާ އަށް ބިދޭސީންގް ތެރޭގައި ފުރަބަންދާ ގުޅިގެން އެކިއެކި ކަރަންޓީން ފެސިލިޓީ ތަކުގައި ބައިތިއްބާފައި ތިއްބާ ފިލާފައިވާ މީހުންނާއި ގަވައިދާ ހިލާފަށް އުޅޭތީ އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދަނިކޮށް ފިލާފައިވާ މީހުން ހިމެނޭ ކަމަށެވެ.
އެ މީހުން ހޯދަމުން ދަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އެ ފުލުހުންނަށް ހުށަހަހެޅި މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ހޯދަމުންދާ އަށް ބިދޭސީން:
މުހައްމަދު ސިރާޖު މިއާ، ޓަންގައިލް، ބަންގްލަދޭޝް
- އަލާމީން، ބަރަހަމަންބަރިއާ، ބަންގްލަދޭޝް
- އެމްޑީ ސައިފުލް، ބަރަހަމަންބަރިއާ، ބަންގްލަދޭޝް
- މުހައްމަދު ފަޒުލުލް ހައްގު، ކޮމިއްލާ، ބަންގްލަދޭޝް
- މުހައްމަދު މުނީރު ހުސައިން، ޗަންދުޕޫރު، ބަންގްލަދެޝް
- މުހައްމަދު ގައްފާރު ބޭޕަރީ، ބަރަހަމަންބަރިއާ، ބަންގްލަދޭޝް
- މުހައްމަދު ޕަރުވޭޒް، ޓަންގައިލް، ބަންގްލަދޭޝް
- ބިލާލް ހާން، ގާޒީޕޫރު، ބަންގްލަދޭޝް
އެ މީހުންނާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ފުލުހުން ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅައިގެން ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.