މިދިއަ ސީޒަންގައި ވީބީއަށް ދިރާގު ދިވެހި ލީގާއި އެފްއޭ ކަޕް ކާމިޔާބު ކޮށްދިނުމަށްފަހު ޗުއްޓީގައި ޤައުމަށް ދިޔަ، ވީބީގެ ކޯޗު ތުރުކީގެ ޖޭން ވަންލީ އެނބުރި މިއަދު މާލެ އަތުވެއްޖެ އެވެ.

މިއަހަރުގެ ސީޒަންގައި ވެސް ވީބީއަށް އިރުޝާދު ދިނިނުމަށް މިއަދު ހެނދުނު މާލެއައި ވަންލީ ބުނީ، މިދިޔަ އަހަރުގެ ސީޒަނަށްފަހު ލިބުނު ބޮޑު ޗުއްޓީގައި ޤައުމަށް ދިޔައީ، މިއަހަރުވެސް ވީބީއަށް ކޯޗް ކޮށްދޭނެ ކަމަށް ވައުދުވެ، އިތުރު ކާމިޔާބީއެއް ޓީމަށް ހޯދާދިނުމުގެ އުންމީދުގައި ކަމަށެވެ.

އެހެންނަމަވެސް އެބުރި މާލެ އާއިރު ޓީމްގެ މުހިންމު ކުޅުންތެރިން ޓްރާންސްފާ ޕީރިއެޑްގައި އެހެން ކުލަބްތަކަށް ބަދަލުވެފައިވާ ކަމަށައި އަލަށް ޓީމާ ގުޅުނު ކުޅުންތެރިންގެ ފެންވަރަކީ ބެލުމަށް ޓީމްގެ ފަރިތަކުރުންތައް ފަށާނީ އާ އަޒުމަކާއެކު އެވެ.

"އެނބުރި ޤައުމަށް ދިޔައީ އުންމީދަކާއެކު. މިއަހަރުވެސް ވީބީއަށް އައުމުގެ ހެޔޮނިޔަތުގައި. ރަނގަޅު ކާމިޔާބީއެއް ހޯދާދިނުމުގެ އަޒުމުގަ. ހިޔެއް ނުކުރަން އަޝްފާގް ކުލަބް ދޫކޮށްލާނެ ކަމަކަށް. އޭނާ އަކީ މޮޅު ކުޅުންތެރިއެއް. މިއަހަރަކީ ވެސް ވީބީއަށް ބޮޑު އަހަރެއް. ވަރަށް މަސައްކަތް ކުރާނަން ކާމިޔާބު ހޯދުމަށް. ހަމަ އެހާ މަސައްކަތް ކުރާނަން ކުރިއަށް އޮތް އޭއެފްސީ ކަޕްގެ ދެވަނަ ބުރަށް ޓީމް ގެންގޮސްދެވޭތޯ" ވަންލީ ބުޏްޏެވެ.

އޭނާ ބުނީ، ވީބީއާ އަލަށް ގުޅުނު ބައެއް ކުޅުންތެރިން ފެންވަރު އިނގޭ ކަމަށާއި އަދި މިދިޔަ ސީޒަންގައި ވީބީއަށް ކުޅުނުތެރިންގެ ތެރެއިން އެހެން ޓީމަކަށް ބަދަލުނުވެ ތިބި ކުޅުންތެރިންނަކީ މޮޅު ކުޅުންތެރިންތަކެއް ކަމަށެވެ.