09 Jul 2020, 13:03
ތިން މަހަށް ފަހު، މާދަމާ މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ހުކުރު ކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
މާލޭގެ ފުރަބަންދަށް މިމަހު އެއްވަނަ ދުވަހުން ފެށި ލިއުުތަކާއެކު ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދިނެވެ. ނަމަވެސް ހުކުރު ނަމާދު ކުރުމަށް މިހާތަނަށް ހުއްދަ ދީފައި ނުވެއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، މާދަމާ އިން ފެށިގެން މާލޭ ސަރައްހަދުގެ މިސްކިތްތަކުގައި ހުކުރު ކުރުމުގެ ހުއްދަ މިހާރު ދީފައިވާ ކަމަށެވެ.
ކޮވިޑް19 އާ ގުޅިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތްހެދުން މެދުކަނޑާލީ މާޗު 18 ވަނަ ދުވަހުން ފެށިގެންނެވެ.