08 Jul 2020, 22:49
ކޮވިޑް 19 އަށް ރާއްޖެއިން މިއަދު 16 މީހުން ޕޮޒިޓިވްވެ، 22 މީހަކު އެ ބަލިން ރަނގަޅު ވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ 11 ދިވެހިންނާއި ފަސް ބަންގްލަދޭޝް މީހެކެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު މިހާތަނަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 2،517 އަށް އަރާފަ އެވެ. އަދި ވައިރަސް ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު ވަނީ، 2،180 އަށް އަރާފައެވެ. ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަަދު ވަނީ 319 އަށް ތިރިވެފައެވެ.
ރާއްޖެއިން ބަލި ޖެހިގެން މަރުވީ، 13 މީހުންނެވެ. އޭގެ ތެރޭގައި މިއަދު މަރުވި 70 އަހަރުގެ މީހާ ހިމެނެއެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ، ވަޅުލާން ގެންގޮސް އޮއްވައެވެ.
މިހާރު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބި މީހުންގެ އަދަދަކީ، 267 އެވެ. އަދި ކަރަންޓީންގައި ތިބި މީހުންގެ އަދަދަކީ، 107 އެވެ. މިހާތަނަށް ރައްޖެއިން ސާމްޕަލް ނެގި އަދަދަކީ، 58،583 އެވެ. އޭގެ ތެރެއިން 56،066 ސަމްޕަލް ވަނީ ކޮވިޑަށް ނެގަޓިވްވެފައެވެ.