06 Jul 2020, 22:05
ކޮވިޑް19 އަށް މިއަދު ރާއްޖެއިން ޕޮޒިޓިްވީ 23 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ އިން ބުނެފިއެވެ.
އެޗްޕީއޭ އިން ބުނީ ޕޮޒިޓިވްވީ މީހުންގެ ތެރޭ ހިމެނެނީ 16 ދިވެހިންނާއި ބަންގްލަދޭޝްގެ ހަތް މީހުން ކަމަށެވެ.
މިއަދު ބަލިން 64 މީހުން ރަނގަޅުވިކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު މިހާތަނަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ވަނީ 2،491 އަކަށް އަރާފަ އެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ، 2،113 އަށް އަރާފައެވެ.
މިހާރު ބައްޔަށް ފަރުވާ ހޯދަމުންދަނީ 361 މީހުން ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކައެވެ.
މިހާތަނަށް ރާއްޖެއިން 12 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ހަ ދިވެހިންނާއި ބަންގްލަދޭޝް ފަސް މީހުންގެ އިތުރުން ފިލިޕީންސްގެ މީހެކެވެ