މިމަހުގެ 26 އިން 28 އަށް މާލޭގައި ބާއްވާ 22 ވަނަ ގައުމީ ކަސްރަތު މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވިއިރު 15 ޓީމަކުން ބައިވެރިވެއްޖެ އެވެ.

ދެ ޖިންސް ހިމެނޭގޮތަށް ކުރިއަށްގެންދާ މުބާރާތުގައި ބައިވެރިވި 15 ޓީމްގެ ތެރެއިން ފިރިހެން ބައިގައި އަށް ޓީމް ބައިވެރިވި އިރު، އަންހެން ބައިން ވާދަކުރަނީ ހަތް ޓީމެވެ.

ފިރިހެން ބައިގައި ބައިވެރިވެފައިވާ ކްލަބްތަކަކީ ބީޖީ ސްޕޯޓްސް، އެމް އެސް ހެލްޕިން ހޭންޑް ސްޕޯޓްސް އެކަޑަމީ، ތިނަދޫ ޒުވާނުންގެ ކްލަބް، ޕޮލިސް ކްލަބް، ޒިފިއަސް ސްޕޯޓްސް ކްލަބް، ކަސްޓަމްސް ރިކްރިއޭޝަން ކްލަބް، ދިވެހި ސިފައިންގެ ކްލަބް އަދި ރަނަސް މޯލްޑިވްސް އެވެ.

އަންހެން ބައިގައި ބައިވެރިވެފައިވަނީ ކްލަބް ރައިވެރިޔާ، ޕޮލިސް ކްލަބް، ތިނަދޫ ޒުވާނުންގެ ކްލަބް، އެމް އެސް ހެލްޕިން ހޭންޑް، ސްޕޯޓްސް އެކަޑަމީ، ބީޖީ ސްޕޯޓްސް ކްލަބް، ކަސްޓަމްސް ރިކްރިއޭޝަން ކްލަބް، ޒިފިއަސް ސްޕޯޓްސް ކްލަބެވެ.