ކޮވިޑް 19 އަށް ރާއްޖެއިން މިއަދު 25 މީހުން ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ކޮވިޑަށް 25 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި މިއަދު ބަލިން ރަނގަޅުވީ މީހުންގެ އަދަދު 54 އަކަށް އަރައެވެ.

މިއަދު ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ 19 ދިވެހިންނާއި ބަންގްލަދޭޝްގެ ހަތަރު ރައްޔިތުންނާއި އިންޑިއާ އަދި ނޭޕާލްގެ އެކަކެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު މިހާތަނަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 2،435 އަކަށް އަރާފަ އެވެ. އަދި ވައިރަސް ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު ވަނީ، 2،030އަށް އަރާފައެވެ. ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަަދު ވަނީ 390 އަށް ތިރިވެފައެވެ.

މިއަދު ޕޮޒިޓިވްވި މީޙުންގެ ތެރޭގައި އައިޖީއެމްގައި ކެންސަރު ބަލީގައި މަރުވި އިންޑޮނޭޝީއާގެ މީހާގެ ކޮންޓެކްޓް ޓްރޭސިން އިން ދެނެގަނެވުނު މީހުން ހިމެނެއެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްވެވައި ވީނަމަވެސް އެޗްޕީއޭ އިން ނިންމާފައިވަނީ، އޭނާ މަރުވި ސަބަބަކީ ކެންސަރު ބަލި ކަމަށެވެ. އަދި އެއީ ކޮވިޑާ ގުޅުމެއް ނެތް މަރެއްގެ ގޮތުގައި ވަނީ ނިންމާފަ އެވެ.

އައިޖީއެމްޗް އިން ބުނާ ގޮތުގައި، އެ ކޭސްއާ ގުޅިގެން މިހާތަނަށް 11 މީހަކު އެ ހޮސްޕިޓަލުން ޕޮޒިޓިވްވެފައިވާ ކަމަށެވެ.