03 Jul 2020, 22:04
މިއަދު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވެ، ހަތް މީހަކު ބަލިން ރަނގަޅުވެއްޖެ އެވެ.
އެޗްޕީއޭ އިން މިރޭ ކުރި ޓްވީޓެއްގައި ބުނީ، މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، ހަތަރު ދިވެހިންނާއި ފަސް ބިދޭސީން ކަމަށެވެ.
ބިދޭސީންގެ ތެރޭގައި ހިމެނެނީ، ބަންގްލަދޭޝް ދެ މީހުންނާއި އިންޑިއާގެ ތިން މީހެއް އަދި އިންޑޮނޭޝިއާ މީހެއް ކަމަށް އެޗްޕީއޭއިން ބުންޏެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު މިހާތަނަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 2،410 އަކަށް އަރާފަ އެވެ. އަދި ވައިރަސް ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު ވަނީ، 1976 އަކަަށް އަރާފައެވެ. ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަަދކީ، 419 އެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި އައިޖީއެމްއެޗް އިން ރޭ މަރުވި އިންޑޮނޭޝިއާ މީހާގެ ކޮންޓެކްޓްސް ހިމެނެއެވެ.
ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާން "ސަން" އަށް މީގެ ކުރިން ވިދާޅުވެފައި ވަނީ، އެ ކޭސްއާ ގުޅިގެން އައިޖީއެމްއެޗް އައިސީޔޫގެ ތިން ނަރުހުންނާއި އެ ހޮސްޕިޓަލުގައި ފަަރުވާ ހޯދަމުން ދިޔަ ދެ ބަލި މީޙުން ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
ރޭ މަރުވި މީހާ މަރުވީ ކޮވިޑަށް ޕޮޒިޓިވްވެގެން ކަމަށް އެންމެ ފުރަތަމަ އެޗްޕީއޭއިން އިއުލާނު ކުރުމަށް ފަހު ފަހުން ބުނެފައިވަނީ އެގޮތަށް އިއުލާނު ކުރެވުނީ އޮޅުމަކުން ކަމަށެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައިވީ ނަމަވެސް، އެޗްޕީއޭ އިން ނިންމާފައިވަނީ، އޭނާ މަރުވި ސަބަބަކީ ކެންސަރު ބަލި ކަމަށެވެ. އަދި އެއީ ކޮވިޑާ ގުޅުމެއް ނެތް މަރެއްގެ ގޮތުގައި ވަނީ ިނިންމާފަ އެވެ.