03 Jan 2012, 13:09
ރައްޔިތުންގެ މަޖިލީހުގެ މާފަނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ކޯޓުގެ ހުރުމަތް ކަނޑާލާފައިވާކަމަށް ބުނެ ވަކީލެއްގެ ހައިސިއްޔަތުން އޭނާ ހަމަސް ދުވަހަށް ބަލައި ނުގަންނާނެކަމަށް ކުރީގެ ޖިނާއީ ކޯޓުން ކުރި އަމުރު ހައިކޯޓުން ބާތިލުކޮށްފި އެވެ.
ހައިކޯޓުގެ ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އާއި ޑރ. އަޒުމިރާލްދާ ޒާހިރު އަދި އަލީ ސަމީރު ސޮއި ކުރައްވައި އިއްޔެ އިއްވެވި ހުކުމްގައި ބުނަނީ ފެބްރުއަރީ 21 ،2010 އިން ފެށިގެން ހަމަހަށް އިންތި ސަސްޕެންޑު ކުރަން ޖިނާއީ ކޯޓުން ނިންމި ނިންމުމަކީ މިފަދަ މައްސަލަތަކުގައި އަމަލުކުރަން އޮންނަ ގާނޫނީ ހަމަތަކާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް އެ ކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާގު ވެވިފައިވާ ކަމަށެވެ.
ކުރީގެ ޖިނާއީ ކޯޓުން އިންތި ސަސްޕެންޑް ކުރީ ވަކީލެއްގެ ގޮތުގައި ކޯޓަށް ހާޒިރުވެ ދައުވާ ލިބޭ ފަރާތުގެ ނަމާއި އެޑްރެސް ސާފް ނުވާކަމަށް ބުނުމުން ދައުލަތުގެ ވަކީލު ދައުވާގެ ކޮޕީއެއް ދިނުމުން ދައުވާއަށް ވަގުތުން ޖަވާބުދާރީ ވުމަށް ގާޒީ ތަކުރާރުކޮށް އެންގުމުން ވެސް މައްސަލަ މިގޮތަށް ކުރިއަށް ނުގެންދެވޭނެކަމަށް ބުނެ ޝަރީއަތް ކުރުމަށް ދަތިވާގޮތަށް އަމަލުކޮށްފައި ވާކަމަށް ބުނެއެވެ.
އިންތިއަކީ ފާޅުގައި ކޯޓުތަކަށް ނުފޫޒު ފޯރުވާނެކަމަށް ބުނެ ޝަރުއީ ދާއިރާއަށް ފާޑުވިދާޅުވެ އެކި ހަފުލާތަކުގައި ވާހަކަ ދައްކަވަމުން ގެންދަވާ ބޭފުޅެކެވެ.