02 Jul 2020, 22:49
ރާއްޖޭގައި ކޮވިޑް ޕޮޒިޓިވްވީ މީހުންގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ އިންޑިނޭޝިއާގެ ރައްޔިތަކު މަރުވެއްޖެ އެވެ.
މިއީ ކޮވިޑްގައި ރާއްޖެއިން މަރުވި 11 ވަނަ މީހާއެވެ.
އެޗްޕީއޭ އިން ބުނީ އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދިޔަ އުމުރުން 39 އަހަރުގެ އިންޑޮނޭޝިއާ ފިރިހެނަކު މިރޭ 9:47 ހާއިރު މަރުވެފައިވާ ކަމަށެވެ.
އިތުރު ތަފްސީލެއް އެޗްޕީއޭ އިން އަދި ހާމައެއް ނުކުރެ އެވެ.
ކޮވިޑް ޖެހިރެން ރޭ 92 އަހަރުގެ ދިވެހި ފިރިހެނަކުވެސް ވަނީ މަރުވެފައެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިގެން 11 މީހަކު މަރުވެފައިވާއިރު އޭގެ ތެރޭ ހިމެނެނީ ފަސް ދިވެހިންނާއި ހަ ބިދޭސިންނެވެ. ހަ ބިދޭސިންގެ ތެރޭ ބަންގްލަދޭޝްގެ ހަތަރު މީހެއްގެ އިތުރުން ދެން ހިމެނެނީ ފިލިޕީންސްގެ މީހަކާއި އިންޑޮނޭޝިއާ މީހެކެވެ.
ރާއްޖެއިން މިހާތަނަށް 2400 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން 1964 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.