02 Jul 2020, 22:13
ރާއްޖެއިން މިއަދު އިތުރު 18 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އިއްޔެ 18:00 ން މިރޭގެ 18:00 އާއި ހަމަޔަށް އިތުރު 18 މީހަކު ޕޮޒިޓިވްވެ، ރާއްޖެއިން ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދު 2،400 އަށް އަރައިފައިވާ ކަމަށެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ހަތް ދިވެހިން، 11 ބަންގްލަދޭޝް މީހުންނެވެ.
މިއަދު އިތުރު 15 މީހަކު ބަލިން ރަނގަޅުވެފައިކަމަށްވެސް އެޗްޕީއޭއިން ވަނީ ހާމަކޮށްފަ އެވެ.
މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން 1،964 މީހުން ބަލިން ރަނގަޅުވެފައި ވާއިރު، ބަލީގައި މިހާރު ފަރުވާދެވެމުންް އަންނަނީ 416 މީހަކަށެވެ.
ކަރަންޓިނު ފެސިލިޓިތަކުގައި މިވަގުތު 115 މީހަކު ތިބި އިރު 275 މީހަކު މިވަގުތު އައިސޮލޭޝަންގައި އެބަ ތިއްބެވެ.
ކަމާ ބެހޭ ފަރާތްތަކުން ވަނީ މިހާތަނަށް މި ބައްޔަށް ޓެސްޓުކުރުމުގެ ގޮތުން 52،962 ސާމްޕަލް ނަގައިފައެވެ. މީގެ ތެރޭގައި ތަކުރާރުކޮށް ނެގިފައިވާ ސާމްޕަލްވެސް ހިމެނެއެވެ.
ނުވަ މީހަކު ވަނީ މި ބަލީގައި މިހާތަނަށް ރާއްޖެއިން ނިޔާވެފައެވެ. މީގެ ތެރޭގައި އުމުރުން ދުވަސްވީ ހަތަރު ދިވެހިން، ބަންގްލަދޭޝްގެ ހަތަރު ރައްޔިތުންގެ އިތުރުން ފިލިޕީންސްގެ ރައްޔިތަކުވެސް ހިމެނެއެވެ.
ފާއިތުވެދިޔަ ހަފްތާގެ ކޭސްތައް:
ޖުލައި 2، 2020: 18 ޕޮޒިޓިވް ކޭސް
ޖުލައި 1، 2020: 21 ޕޮޒިޓިވް ކޭސް
ޖޫން 30، 2020: 24 ޕޮޒިޓިވް ކޭސް
ޖޫން 29، 2020: 13 ޕޮޒިޓިވް ކޭސް
ޖޫން 28، 2020: 19 ޕޮޒިޓިވް ކޭސް
ޖޫން 27، 2020: 22 ޕޮޒިޓިވް ކޭސް
ޖޫން 26، 2020: 06 ޕޮޒިޓިވް ކޭސް
ޖޫން 25، 2020: 17 ޕޮޒިޓިވް ކޭސް
ކޮވިޑް19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ސަރުކާރުން ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ.