03 Jan 2012, 13:05
ރިސޯޓުތަކުގައި ހިންގާ ސްޕާތަކުން ހަށިވިއްކާ ކަމަށް ބުނެ ބައެއްފަރާތްތަކުން ތުހުމަތުކުރި ނަމަވެސް ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީން އެކަން ދޮގުކުރާ ކަމަށް އޮސްޓްރޭލިއާގެ ނޫހަކުން ބުނެފި އެވެ.
މޯލްޑިވެސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ސެކެޓްރީ ޖެނެރަލް، ސިމް އިބްރާހިމް މުހައްމަދު އާ ހަވާލާދީ އޮސްޓްރޭލިއާގެ ނިއުސް ޑޮޓް ކޮމްގައި މިއަދު ޝާއިރުކުރި ލިއުމެއްގައި ބުނެފައި ވަނީ "ރާއްޖޭގެ ރިސޯޓުތަކުގައި ހިންގާ ސުޕާތަކަކީ ނާސިގެތަކެއް ނޫން ކަމަށާއި ރާއްޖޭގައި އޮންނަނީ ސެކްސް ޓޫރިޒަމް އެއް ނޫން" ކަމަށެވެ.
އަދި ސިމް ވިދާޅުވި ކަމަށް ބުނެ އެ ހަބަރުގައި ބުނެފައި ވަނީ "ސުޕާތައް ބަންދުކުރުމަކީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އަށް ލިބޭ ދެރައެއް ކަމަށާއި އެކަމުގެ ސަބަބުން ޓޫރިސްޓުން ރާއްޖެއާ ދޭތެރޭ ދެކެމުން އައި ގޮތް ވެސް ވަރަށް ތަފާތުވާނެ." ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގައި ހަށިވިއްކުން ފަދަ އިސްލާމްދީނާ ހިލާފް އަމަލުތައް ކުރާ ކަމަށް އަދާލަތު ޕާޓީން ބުނެ، އެކަން ކުށްވެރިކުރި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަކީ ދީނީ ހަރުކަށި ކަމަށް ތާއީދު ކުރައްވާ ބޭފުޅެއް ނޫން ކަމަށާއި އެ މަނިކުފާނު ގެންގުޅެނީ "މެދުމިނުގެ" ސިޔާސަތެއް ކަމަށް ވެސް ބުނެފައިވެ އެވެ.