03 Jan 2012, 12:56
ދެހާސް ހަތް ވަނަ އަހަރު އއ. ހިމަންދޫގައި ސަލާމަތީ ބާރުތަކާއި އެ ރަށުގައި މޫނު ނިވާކޮށްގެން ތިބި ބަޔަކާއި ދެމެދު ހިނގި ބޮޑު ހަމަނުޖެހުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ ކުރި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ޖުވެނައިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
މި ހުކުމް ކުރީ ހާދިސާއަށް ހަތަރު އަހަރު ފަހުންނެވެ.
ޖުވެނައިލް ކޯޓުން މިއަދު ބުނީ ކުޑަކުއްޖާގެ މައްޗަށް އެ މައްސަލަ ސާބިތުވެފައި ނުވަނީ އެ މައްސަލަ ސާބިތުވާ ވަރަށް ދައުލަތުން ޝަރީއަތަށް ހެކި ހުށަހެޅިފައި ނުވާތީ ކަމަށެވެ.
މި މައްސަލަ މި ހާލަހުން ނިންމަން ޖެހުނީ ދައުވާ ލިބޭ ކުއްޖާ ކޯޓަށް ހާރިޒު ނުކުރެވި ގިނަ ދުވަސްތަކެއް ވެފައި ވާތީ ކަމަށް ވެސް ޖުވެނައިލް ކޯޓުން ބުނެއެވެ.