Last Updated: 5 year 5 month ago
Last Updated:
5 year 5 month ago
ރަހީނުކުރި މީހުން ސަލާމަތްކޮށް، ހަމަނުޖެހުން މައިތިރިކޮށްފި
ބ. ތުޅާދޫ ފަޅު ތެރޭގައި އޮންނަ، ރިސޯޓެއް ތަރައްގީ ކުރަމުންދާ ބ. ބޮޑުފިނޮޅުގައި ބިދޭސީންތަކެއް އިހުތިޖާޖުކޮށް އެ ރަށުގައި ތިބި ދިވެހީންތަކެއް ވަނީ ރަހީނުކޮށްފައެވެ. އެމީހުން އިހުތިޖާޖުކުރަމުން ދަނީ ހަތް މަސް ދުވަސް ވަންދެން މުސާރަ ނުދީ އޮތުމުންނެވެ.
ފުލުހުން ބުނާ ގޮތުގައި އެ ރަށުގައި 200 އެއްހާ ބިދޭސީންނާއެކު 15 ދިވެހިން އެބަ ތިއްބެވެ.
އެ ރަށުގައި ތިބި ބިދޭސީންގެ އަތުގައި ދަގަނޑު ބުރި ފަދަ ތަކެތި ހަތިޔާރުގެ ގޮތުގައި އެބަ ހުރި ކަމަށް ވެއެވެ.
08:15
ކަރަންޓު ސާމާނުތަކާއި ބައެއް އެހެނިހެން ތަކެތި ރަށު ތެރޭގެ އެކި ހިސާބުތަކުގައި ވަޅުލާފައި ހުރިކަމަށް މައުލޫމާތު ލިބޭ. ފުލުހުން މިހާރު އަންނަނީ އެތަކެތި ހޯދަން ބަލައިފާސްކުރަމުން


ބޮޑުފިނޮޅުގައި ހުރި ބައެއް އިމާރާތްތަކާއި ހިފާ ގެންގުޅޭ ތަކެއްޗަށް ވެސް ވަނީ ގެއްލުންދީފައި --- ފޮޓޯ: ފުލުހުން
07:48
ރަށު ތެރޭގައި ހަރަކާތްތެރިވާ މީޑިއާތަކުން ލައިވް ކޮށް މަންޒަރު ނުދެއްކުމަށް ފުލުހުން ވަނީ އަންގާފައި. އަދި ހިއުމަން ޓްރެފިކިންގެ ޝިކާރައަކަށް ވެފައިވާ ބިދޭސީން އެ މީހުންގެ ތެރޭގައި ހިމެނޭތީ އެ ރަށުގައި އުޅޭ ބިދޭސީންގެ ހިމެނޭ ފޮޓޯ އާންމުކުރާއިރު މޫނު ފުސް ކުރުމަށް ވެސް ފުލުހުން ވަނީ އެދިފައި
ޖެޓީ ސަރަހައްދަށް ގެނެސްފައިވާ ބިދޭސީންނަކީ ހަމަނުޖެހުންް ހިންގުމުގައި ބައިވެރިވީ މީހުންނެއް ނޫން. ހަމަނުޖެހުން ހިންގި މީހުން އަދި ތިބީ ރަށު ތެރޭގައި
ރަށު ތެރޭގައި ހުރި ހެވީ ވެހިކަލްތަކުގެ އިތުރުން ރަށުގައި ހުރި ބައެއް އިމާރާތްތަކާއި ހިފާ ގެންގުޅޭ ތަކެއްޗަށް ވެސް ހުރީ ބޮޑެތި ގެއްލުންތަކެއް ދީފައި


ބޮޑުފިނޮޅު ތަރައްގީ ކުރުމަށް އެ ރަށަށް ގެންގޮސްފައި ހުރި ހެވީ ވެހިކަލްތަކުގެ ބިއްލޫރިތައް ތަޅާލައި ގެއްލުން ދީފައި --- ފޮޓޯ: ފުލުހުން

ބޮޑުފިނޮޅު ތަރައްގީ ކުރުމަށް އެ ރަށަށް ގެންގޮސްފައި ހުރި ހެވީ ވެހިކަލްތަކުގެ ބިއްލޫރިތައް ތަޅާލައި ގެއްލުން ދީފައި --- ފޮޓޯ: ފުލުހުން

ރަށު ތެރޭގައި ފުލުހުން ހަރަކާތްތެރިވަމުން އަންނައިރު އެ ރަށް ތަރައްގީ ކުރުމަށް ބޭނުންކުރި ބައެއް ހެވީ ވެހިކަލްތަކުގެ ބިއްލޫރިތައް ތަޅާލައި ގެއްލުން ތަކެއް ވަނީ ދީފައި
ފުލުހުން އެ ރަށަށް ގެންދިޔަ ދެ މީޑިއާ އާއި ވަކިން އަމިއްލަ އަށް ދިޔަ މީޑީއާގެ ހާޒިރުގައި އެ ރަށުގެ ތެރޭގައި އަންނަނީ ހަރަކާތްތެރިވަމުން
ފުލުހުންގެ ކޮންޓްރޯލުގެ ދަށަށް ބިދޭސީން ގެންދެވިއްޖެ
މިހާރު އެރަށުގައި ތިބި ބިދޭސީން ތިބީ ފުލުހުންގެ ކޮންޓްރޯލްގެ ދަށުގަައި ކަަމަށާއި، އެމީހުންގެ މައުލޫމާތުތައް ފުލުހުންގެ ޓީމުތަކުން ނަގަމުން އަންނަ ކަމަށް މީޑިއާ އޮފިޝަލް ވަނީ ވިދާޅުވެފައި
އެ މީހުން އަމަލުކުރަމުން ގެންދާނީ ފުލުހުން އަންގާ ގޮތުގެ މަތިން ފުލުހުންގެ އިރުޝާދުތަކާއި އެއްގޮތަށް އަދި އެއްވެސް މީހަކު ފިލުމަށް މަސައްކަތްކޮށް އެއްބާރުލުން ދިނުމަށް ދެކޮޅު ނުހަދާ ކަމަށް ފުލުހުން ބުނޭ
ސުލްހަވެރިކަމާއެކު މައްސަލަ ހައްލުކުރަން ފުލުހުންނަށް އެއްބާރުލުން ދޭން ބިދޭސީން އެއްބަސްވެއްޖެ
އެމީހުންނާއި އެކު ކުރެވުނު މަޝްވަރާތަކަށްފަހު ސުލްހަވެރިކަމާއި އެކު މައްސަލަ ހައްލުކުރުމަށް ފުލުހުންނަށް އެއްބާރުލުން ދޭން އެއްބަސްވެފައިވާ ކަމަށް ފުލުހުން ބުނެފި.

ރަށަށް އަރަން ދިޔަ ފުލުހުންނަށް ހަމަލާ ދިނުމަށް ތައްޔާރުކޮށްފައި ހުރި ތަކެތި -- ފޮޓޯ/ ޕީއެސްއެމް

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެއްވެސް ހަމަނުޖެހުމެއް ހިންގާފައި ނުވާ ކަމަށާއި، މީހުން ތިބި ތަންތަނާއި ރަށުގެ އެކި ތަންތަން ބަލައިފާސްކުރުމަށް ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް
ތަހުގީގު ޓީމުތަކުގެ ތެރޭގައި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓްގެ ޓީމަކާއި ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ޓީމެއް ހިމެނޭ - ޕޮލިސް

ފުލުހުންގެ ސީން އޮފް ކްރައިމް އޮފިސަރުންގެ ޓީމަކާއި ތަހުގީގު ޓީމުތައް ރަށުތެރޭގައި މިހާރު ދަނީ ހަރަކާތްތެރިވަމުން - ޕޮލިސް
އަދިވެސް ރަށު ތެރޭގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ އިރު އިތުރު ފުލުހުން ތައްޔާރީ ހާލަތުގައި ރަށުތެރެއަށް އެރުމަށް އަންނަނީ ތައްޔާރު ވަމުން
ބޮޑުފިނޮޅުގައި ތިބި ގިނަ އަދަދެއްގެ ބިދޭސީންތަކެއް ވަނީ ޖެޓީ ސަރަހައްދަށް ގެނެސްފައި. ނަމަވެސް އެއީ ކޮން ބައެއް ކަމެއް ސާފެއް ނުވޭ. އެރަށުގައި ބަންގްލަދޭޝްގެ އިތުރުން ލަންކާ އަދި އިންޑިއާއަށް ނިސްބަތްވާ ބިދޭސީން ވެސް އެބަ ތިބި
12 ދިވެހިން ސަލާމަތް ކުރުމާ ގުޅިގެން ސީޕީ މުހައްމަދު ހަމީދު ކުރެއްވި ޓުވީޓު
https://twitter.com/M_Hameedh/status/1278867530019336193
ރަށުތެރޭގައި އެސްއޯ ފުލުހުން ހަރަކާތްތެރިވަމުން އަންނަ އިރު، މިހާތަނަށް އެއްވެސް ބިދޭސީއަކު ހައްޔަރުކޮށްފައެއް ނުވޭ. ފުލުހުން އަންނަނީ އެމީހުންނާ މަޝްވަރާ ކުރަމުން
ރަހީނުކޮށްފައި ތިބި ދިވެހީންނަށް އެއްވެސް އަނިޔާއެއް ކޮށްފައެއް ނުވޭ، ސަމާލަތްކުރި އެންމެންގެ ހާލު ވެސް ރަނގަޅު
ފުލުހުން އަރައި، ރަހީނުކޮށްފައި ތިބި 11 ދިވެހިން ސަލާމަތްކޮށްފި
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހިފަހައްޓާފައި ތިބި 11 ދިވެއްސަކު މިހާތަނަށް ސަލާތްކޮށްފައިވާ ކަމަށް. އަދި ސުލްހަވެރިކަމާއެކު މައްސަލަ ހައްލުކުރުމަށް އެމީހުންނާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށާއި މިހާތަނަށް އެއްވެސް ހަމަނުޖެހުމެއް ހިންގާފައި ނުވާ ކަމަށް

ފުލުހުންގެ ހާއްސަ ފޯސް ތުޅާދޫއަށް
ބ. ބޮޑުފިނޮޅުގައި ބިދޭސީ މަސައްކަތްތެރިންތަކެއް ހިންގަމުންދާ ހަމަނުޖެހުން ކޮންޓްރޯލު ކުރުމަށް މާލެއިން ފޮނުވި ފުލުހުންގެ ލޯންޗު މިހާރު ތުޅާދޫއަށް ލަފާފައިވާ ކަމަށް އެ ރަށުން މައުލޫމާތު ލިބޭ. ފުލުހުން ބޮޑުފިނޮޅަށް ދާނީ ތުޅާދޫއިން.
ބ. ބޮޑުފިނޮޅުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ޕަބްލިކް އޯޑާ ރެސްޕޯންސް ޓީމެއް މިހާރު ދަނީ އެ ރަށަށް ދަތުރުކުރަމުން - ޕޮލިސް
ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުންދާ މީހުންގެ ހަތަރު މަސް ދުވަހުގެ މުސާރަ ކޮވިޑާ ގުޅިގެން ނުދެވި ވާ ކަމަށް އެތަނުގައި މަސައްކަތް ކުރަމުންދާ ކުންފުނީގެ އެމްޑީ އަދި މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވިދާޅުވެއްޖެ
ބިދޭސީން ހަމަނުޖެހުން ހިންގަނީ މުސާރަ ނުދޭތީ ކަމަށް ބުނެ ތުހުމަތުތަކެއް ދަނީ ކުރެވެމުން. ކުންފުނީގެ އެމްޑީ ރިޒާ އެ ތުހުމަތުތަކެއް ދޮގެއް ނުކުރައްވާ. ހަމަ ނުޖެހުން ހިންގަނީ މުސާރަ ނުދީގެން ކަމަށް އޭނާވެސް ވިދާޅުވި.

ބޮޑުފިނޮޅުގެ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް މާލެއިން ފުލުހުން ބ. އަތޮޅަށް ނައްޓާލައިފި. މައުލޫމާތު ލިބޭ ގޮތުގައި ސިފައިން ވެސް އެރަށަށް ދިއުމަށް ދަނީ ތައްޔާރުވަމުން

ބޮޑުފިނޮޅުގައި ހިނގަމުންދާ ހަމަނުޖެހުން މައިތިރިކުރުމަށްޓަކައި އެ ރަށަށް ދިއުމަށް މާލެއިން ފުރަނީ -- ސަން ފޮޓޯ/ ފަޔާޒް މޫސާ
އަދި ފުލުހުން ބޮޑުފިނޮޅުން ބިދޭސީއަކު ހައްޔަރުކުރި ކަމަށް ވެސް ކައުންސިލް ރައީސް ވިދާޅުވި
ތުޅާދޫ ކައުންސިލްގެ ރައީސް ދެންމެ ރާއްޖެ ޓީވީއަށް ވިދާޅުވީ، އެ ރަށުގައި ތިބި 15 ދިވެހީންގެ ތެރެއިން ހަތަރު މީހަކު ފުލުހުން ސަލާމަތްކޮށްފައިވާ ކަމަށާއި އަދި އެކަކު އަމިއްލައަށް ސަލާމަތްވެ، ފަތާފައި ތުޅާދޫއަށް އަރާފައިވާ ކަމަށް. އެހެންކަމުން މިވަގުތު ބޮޑުފިނޮޅުގައި ތިބީ 10 ދިވެހިންග
ކައުންސިލް ރައީސް ވިދާޅުވީ އެރަށުގައި ތިބި އިންޑިއާ އަދި ލަންކާގެ ފަސް ބިދޭސީން ވެސް ފަތާފައި ރަށުން ފައިބައި، ބޭރުގައި އޮތް ބާޖަކަށް އަރާ ސަލާމަތްވެފައިިވާ ކަމަށްග
ފުލުހުންނާ އެކު ބަންގްލަދޭޝް ހައި ކޮމިޝަނުގެ އޮފިޝަލުންތަކެއްވެސް ބޮޑުފިނޮޅަށް ފޮނުވަން ނިންމާފައިވާ ކަމުގެ މައުލޫމާތު ސަން އަށް ވަނީ ލިބިފައި

ބޮޑުފިނޮޅުގައި ބިދޭސީން ހިންގަމުންދާ ހަމަނުޖެހުން ހުއްޓުވުމަށް އެ ރަށަށް ދާން މާލެއިން ފުރުމަށް ފުލުހުން ތައްޔާރުވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ބޮޑުފޮނިޅުގައި ބިދޭސީއިން ހިންގަމުންދާ ހަމަނުޖެހުން މައިތިރި ކުރުމަށް މޭލެއިން އެސްއޯ ފުލުހުން ބޮޑު ދެ ލޯންޗުގައި ފުރަން ވަނީ ތައްޔާރުވެފައި. ފުރަން ތައްޔާރުވެފައި ވަނީ އެމްއެމްއޭ ސަރަހައްދުން. ދަނީ ކިތައް ފުލުހުން ކަމެއް ސާފެއް ނުވޭ.
ތުޅާދޫއިން ވާހަކަދެއްކި އެމީހާ ބުނީ ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީއިންނަކީ އާންމުކޮށް އެރަށަށް އައިސް ގޮސް ވާ ބައެއް ކަމަށް.
ތުޅާދޫއިން ވާހަކަ ދެއްކި އެހެން މީހަކު ބުނީ ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީންތަކެއް ފަސް ދިވެއްސަކު ރަހީނުކޮށްގެން އުޅޭތީ އެރަށަށް ފުލުހުން ދިޔައީ މިއަދު 3:30 ގައި ކަމަށް.
"އެކަމަކު އޭރު އެ މީހުން މާ ރުޅިގަދަވެފައި ތިބީމަ ކާމިޔާބެއް ނުލިބި ފުލުހުން އަނބުރާ ތުޅާދޫއަށް އައީ. ފަހުން ހަވީރު ތުޅާދޫ ފުލުހުން އަނެއްކާވެސް ދިޔައީ، ރަށުގެ ޒުވާނުންތަކަކާއެކު ބޮޑުފިނޮޅަށް. ޒުވާނުން ދިޔައީ ހަމަނުޖެހުމެއް ހިނގާފާނެތީ ދަނގަޑުބުރި ހިފައިގެން. އެކަމަކު، އެފަހަރުވެސް ރަށަށް ނޭރުމުން އަނބުރާ އައީ. ދެން މިރޭ ކައިރި ރަށްރަށާއި ރ. އަތޮޅުން ފުލުން ތުޅާދޫއަށް ގެނައީ، ކުދި ކުދި ރަށްތަށް ވީމަ އެކި ރަށްތަކުން ފުލުހުން އެއްކުރީ އަތުގައި ހުރި އިކުއިޕްމެންޓާއެކު. ގާތްގަނޑަކަށް ތިރީހަކަށް ފުލުހުން." އޭނާ ބުންޏެވެ.
'ސަން' އަށް އެނގިފައިވާ ގޮތުން ބިދޭސީއިން ރަހީނުކޮށްފައިވަނީ ޖުމްލަ ފަސް ދިވެއްސެކެވެ. އޭގެ ތެރޭގައި ހިމެނެނީ ތުޅާދޫ ރައްޔިތަކާއި ށ މިލަންދޫ ހަތަރު މީހެކެވެ.
އޭގެ ތެރެއިން ތުޅާދޫ މީހާ ފަތާފައި ގޮސް މިހާރު ތުޅާދޫ އަށް ވަނީ އަރާފަ އެވެ.
"އޭނާ ފަހަތުން ދަނގަޑު ބުރި ބުރި ހިފައިގެން ބިދޭސީއިން ދުވި ކަމަށް ވަނީ. އެކަމަކު އޭނާއަށް ސަލާމަތުން އާދެވިއްޖެ. އެއްވެސް އަނިޔާއެއް ނެތް ލިބިފައި." 'ސަން' އާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ތުޅާދޫއިން ފުރައިން ފުލުހުން ދިޔަ ދޯނީގައި ހުރި ތުޅާދޫ މީހަކު 'ސަން' އަށް ބުނީ އެ ދޯނީގައި ގާތްގަނޑަކަށް 50 ފުލުހުން ދިޔަ ކަމަށް. ނަމަވެސް ދޯނި ބޮޑު ފިނޮޅާ ކައިރި ކުރެވޭ ގޮތް ނުވި ކަމަށް. އޭނާ ބުނީ ބޮޑުފިނޮޅުގެ ޖެޓީ މަތީގައި ބިދޭސީއިން ދަނގަޑުތައް ތޫނުކޮށްގެން ތިބެ ދޯންޏަށް އުކަމުން ދިޔަ ކަމަށް.
"އެހެން މީހަކަށް އަނިޔާއެއް ލިބިދާނެތީ އަނބުރާލާފައި މި އައީ. އެމީހުން ތިބީ މުޅި ރަށް ސެކުއާ ކޮށްގެން." ތުޅާދޫއިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ބޮޑުފިނޮޅުގައި ހިނގަމުންދާ ހަމަ ނުޖެހުންތަކާ ގުޅިގެން ފުލުހުން ދަނީ ހާއްސަ އޮޕަރޭޝަނެއް ހިންގަމުން. އެ އޮޕަރޭޝަނުގެ ފޮޓޯތައް ބައެއް އާންމުން ދަނީ ސޯޝިއަލް މީޑިއާގައި އާންމުކުރަމުން \
https://twitter.com/Lucasjalyl/status/1278741419058884608

ބ. ބޮޑުފިނޮޅަށް ދިއުމަށް ތުޅާދޫއިން ފުލުހުން ތައްޔާރުވަނީ -- ފޮޓޯ/ ލޫކަސް ޖަލީލް
ރަށުގައި ތިބި ބިދޭސީން ދަނީ ގަލާއި ދަގަނޑުބުރި އުކައިގެން ހަމަލާ ދެމުން. ފުލުހުން އެ ރަށާ ކައިރި ކުރި ދޯންޏަށްވެސް ކޮންމެވެސް ވަރަކަށް ގެއްލުންވެފައިވޭ
ބޮޑުފިނޮޅުގައި ހަމަލާ ދޭތީ އެތަނުގައި ތާށިވެފައި ތިބި ބައެއް ދިވެހީން ދަނީ ފަތާފައި ތުޅާދޫއަށް ދަމުން
ބޮޑުފިނޮޅުގައި ބިދޭސީން އިހުތިޖާޖު ކުރަމުން ދަނީ ގިނަ ދުވަސްތަކެއް ވަންދެން އެ މީހުންގެ މުސާރަ ދީފައި ނުވާ ކަމަށް ބުނޭ.
ފުލުހުން ބުނި ގޮތުގައި ހަމަނުޖެހުން ކޮންޓްރޯލުކުރުމުގެ ތެރޭގައި ފުލުހުނަކަށް ހަމަލާ ދިނުމުގެ ސަބަބުން ބޯ ފަޅައިގެން ގޮސް، އަދި އެކި ވަރުގެ އަނިޔާ ލިބިފައި. އޭނާއަށް ބ. އަތޮޅު ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުން ދާކަމަށް ފުލުހުން ބުނޭ.
ތުޅާދޫއިން ބޮޑުފިނޮޅަށް ފުލުހުން ދިޔައީ ޝީލްޑާއި އެހެނިހެން ގިއަރު ވެސް ހިފައިގެން
ފުލުހުން މިއަދު މީޑިއާތަކަށް ބުނީ، ބ. އަތޮޅުގައި ހަދަމުންދާ ރިސޯޓެއްގައި މަސައްކަތް ކުރާ ބަންގްލަދޭޝް މުވައްޒަފުންތަކެއް، ދިވެހި މުވައްޒަފުންތަކެއް އެ ރަށުން ފޭބިއަ ނުދީ ހިފަހައްޓަައި ހަމަނުޖެހުން ހިންގަމުންދާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެ ރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ފުލުހުން ބުނާ ގޮތުގައި ބޮޑުފިނޮޅުގައި 15 ދިވެހީން ތާށިވެފައި އެބަ ތިބި