03 Jan 2012, 12:04
ޔޭޔޭ ކޮފީ ރާއްޖެ އެތެރެކުރާ ބީއެޗްއެމްއިން ކޮފީގެ އަގު ހެޔޮކޮށް، ބޮޑު ޕެކެޓަކުން 12ރ، އަދި ކޭހަކުން 231ރ. އަގު ހެޔޮކޮށް، 15 ޕަސެންޓް އަގު ހެޔޮކޮށްފި އެވެ.
ކޮފީގެ ޑިއުޓީ އަށް ގެނައި 15 ޕަސެންޓުގެ ލުޔާ އެކު، މީގެ ކުރިން 1542ރ. ވިއްކި ޔޭޔޭ ކޮފީ ކޭހެއް އިއްޔެ އިން ފެށިގެން ވިއްކަނީ 1311ރ. އަށެވެ. އަދި 50 ޕެކެޓްގެ ބޮޑު ޕެކެޓެއް މިހާރު ވިއްކަނީ ޖީއެސްޓީ ނުލައި 68.25ރ އަށެވެ. މީގެ ކުރިން ޕެކެޓެއް ވިއްކީ 80.25ރ. އަށެވެ.
ޖީއެސްޓީ ހަ ޕަސެންޓާ އެކު މިހާރު ޔޭޔޭ ކޮފީ ކޭހެއްގެ ބީއެޗްއެމް އިން ވިއްކަނީ 1389.66ރ. އަށެވެ. އަދި ބޮޑު ޕެކެޓެއްގެ އަގު ހުރީ 72.35ރ. ގަ އެވެ.
ބީއެޗްއެމްގެ ސޭލްސް އެންޑް މާކެޓިން މެނޭޖާ އިބްރާހިމް ޝަރީފް މިއަދު ވިދާޅުވީ ޔޭޔޭ ކޮފީން 15 ޕަސެންޓް އަގުހެޔޮ ކުރި އިރު މި މަހުގެ ފަހު ކޮޅު ގެންނަ ޝިޕްމަންޓުން އަންނަ ކޯސްޓްކިރާއި ކައްކާތެޔޮ އަދި އަކްބަރު ސައިފަތް ވިއްކާނީ ވެސް ޑިއުޓީއިން މާފުވި ޕަސެންޓް އަގުހެޔޮކޮށްގެން ކަމަށެވެ.
"އަޅުގަނޑުމެން އެތެރެކުރާ އެއްޗިހި ޑިއުޓީން އުނިވި އަދަދުން އަގުހެޔޮކޮށް ވިއްކާނީ،" ޝަރީފް ވިދާޅުވި އެވެ.
އެ ފިހާރަ އިން އިއްޔެ ވަނީ ޔޭޔޭ ޑައިޓް ކޮފީ ވެސް ބާޒާރަށް ނެރެފަ އެވެ. އޭގެ ބޮޑު ޕެކެޓެއް ވިއްކަނީ 42ރ. އަށެވެ.