01 Jul 2020, 22:34
މިއަހަރުގެ ބޮޑު އީދާ ދިމާކޮށް މިފްކޯއިން ފަސްމީރު ބޮޑު އީދުގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި މިފްކޯގެ ތެލާއި ފެނުގައި ބަންދުކޮށްފައިވާ 48 ދަޅު އަދި 24 ދަޅުގެ ކޭހަށް ހާއްސަ ރީޓެއިލް އަގުތަކެއް ވަނީ ހަމަޖައްސާފަ އެވެ. އެއީ؛
ފެލިވަރު ތެޔޮ މަސްދަޅު
48 ދަޅުގެ ކޭހެއް: 640ރ
- 24 ދަޅުގެ ކޭހެއް: 320ރ
ފެލިވަރު ފެން މަސްދަޅު
48 ދަޅުގެ ކޭހެއް: 595ރ
- 24 ދަޅުގެ ކޭހެއް: 298ރ
ރީޓެއިލް އަގުގައި ގަންނަ ކޮންމެ މަސްދަޅު ކޭހަކަށް ވެސް ޕްރޮމޯޝަނުގައި ބައިވެރިވާން ކޫޕަނެއް ލިބޭނެ އެވެ. މި ޕްރޮމޯޝަންގައި ކޯޕަން ލާން ފޮށިތައް ބަހައްޓާފައި ހުންނާނީ މާލެ ސަރަހައްދުގައި ހުންނަ މިފްކޯގެ ތިން މަސްފިހާރަ، ކޫއްޑޫ ފެލިވަރު އަދި ހުޅުމީދޫ މަސްވެރިންގެ މެރީނާގައި ހުންނަ މިފްކޯ ސައިޓުތަކުގެ ފިހާރައިގަ އެވެ.
ޕްރޮމޯޝަންގެ ދަށުން މަސްކޭސް ގަތުމަށާއި ކޫޕަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23ވަނަ ދުވަހާ ހަމައަށެވެ. އަދި އީދު ބަންދުގެ ކުރިން މި މަހުގެ 25ވަނަ ދުވަހު ގުރުއަތުން ނަސީބުވެރި ފަރާތްތައް ހޮވާނެ ކަމަށް މިފްކޯއިން ބުނެ އެވެ.
މި ޕްރޮމޯޝަންގައި މިފްކޯގެ ކޮންމެ މަސްފިހާރައަކުން ވަކިވަކިން ހޮވާ ނަސީބުވެރި ފަރާތްތަކާއެކު ޖުމުލަ ހަ ނަސީބުވެރި ފަރާތް ހޮވާނެ އެވެ.
މި ޕްރޮމޯޝަންގައި ބޮޑު އިނާމުގެ ގޮތުގައި ދެނީ ގޭގައި ބޭނުންކުރާ އެކިއެކި ހޯމް އެޕްލަޔަންސްތަކާއި އެކި ބާވަތުގެ މަސްކޭހުގެ ގިފްޓް ހެމްޕާއެކެވެ.