ފިނޭންސް މިނިސްޓްރީ ހިންގެވުން މިނިސްޓާ އޮފް ހައުސިން އެންޑް އެންވަޔަރަންމަންޓް މުޙަންމަދު އަސްލަމާ، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ޙަވާލުކުރައްވައިފި އެވެ. ފިނޭންސް މިނިސްޓަރު ކަމުގައި ހުންނެވި އަޙްމަދު އިނާޒް އިސްތިޢުފާ ދެއްވުމާ ގުޅިގެން، އެމިނިސްޓްރީ ހިންގެވުން އަސްލަމާ ހަވާލު ކުރެއްވެވީ ވަގުތީ ގޮތުންނެވެ.

ފިނޭންސް މިނިސްޓަރު ކަމުގައި މިހާތަނަށް ހުންނެވި އިނާޒް އިސްތިއުފާ ދެއްވެވީ މިދިއަ ބުދަ ދުވަހު އެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަބްދުﷲ ޔާމީނާ ބައްދަލު ކުރެއްވި މައްސަލާގައި އެމްޑީޕީ އެކްޓިވިސްޓުން އޭނާ ވަށައިލި ފަހުން އޮފީހަށް ނުނިކުންނަވައި ހުންނެ ވުމަށް ފަހު އެވެ.