29 Jun 2020, 22:17
ތިން ރަށަކުން ގަވައިދާ ހިލާފަށް އުޅޭ 22 ބިދޭސީއަކު ހޯދައިފިއެވެ.
އިމިގްރޭޝަނުން ބުނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން މަދުކުރުމުގެ ގޮތުންނާއި ރަށްރަށުގެ އިޖުތިމާއީ ވެއްޓަށް ގެއްލުންލިބޭ ގޮތަށް އުޅެމުންދާ ބިދޭސީން މަދުކުރުމަށް އިމިގްރޭޝަނާއި ޕޮލިސް އަދި ރަށު ކައުންސިލްތައް ގުޅިގެން ޕްރޮގްރާމެއް ފަށާފައިވާ ކަމަށެވެ.
މި ޕްރޮގްރާމުގެ ދަށުން ކ. ހިންމަފުއްޓާއި، އދ. ދަނގެތި އަދި އެއަތޮޅު މާމިގިލިން 22 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށް ސަރުކާރުން ދަނީ ހާއްސަ ޕްރޮގްރާމެއް ހިންގަމުންނެވެ.
މީގެ އިތުރުން ރަށްރަށުގައި މަސައްކަތް ކުރަން އުޅޭ ބިދޭސީން ރަށު ކައުންސިލް އަދި ސިޓީ ކައުންސިލްތަކުގައި ރެޖިސްޓްރީވުމަށްވެސް ކައުންސިލްތަކުން ދަނީ އަންގަމުންނެވެ.