ނ. މިލަދޫ ކައުންސިލް އިދާރާ އާއި ކޯޓް އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ތުހުމަތަށް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލަކު މިއަދު ވިދާޅުވީ މިލަދޫ ކައުންސިލްގެ އިދާރާ އާއި ކޯޓުގަ މިދިޔަ ބުދަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މީހަކު ހައްޔަޔު ކުރީ މިދިއަ ބުރާސްފަތި ދުވަހު މިލަދޫން ކަމަށެވެ.

އަދި ބުނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރި އެ މީހާގެ މައުލޫމާތު އަދި ދެވެން ނެތް ކަމަށެވެ. ނަމަވެސް ހައްޔަރުކޮށްފައި ވަނީ 28 އަހަރުގެ ފިރިހެނަކު ކަމަށް ބުންޏެވެ.

ބުދަ ދުވަހު މިލަދޫ ކައުންސިލުގެ އިދާރާ އާއި މެޖިސްޓްރޭޓް ކޯޓް އިމާރާތުގައި އަލިފާން ރޯވެ އެ ދެ ތަން އަނދައި ހުލިވެފައިވާއިރު އެއީ ބަޔަކު ގަސްދުގައި ކޮށްފައިވާ ކަމެއް ކަމަށް އެ ރަށު ކައުންސިލުން ވަނީ ތުހުމަތު ކޮށްފައެވެ.