02 Jan 2012, 14:20
ގއ. ވިލނގިލީގައި ހުންނަ އެމްޑީޕީގެ އޮފީސް ފަޅާލައި އިލެކްޓްރޯނިކް ސާމާނުތަކެއް ވަގަށް ނަގައިފި އެވެ. ފުލުހުން ބުނީ އެ އޮފީހުން ވައްކަން ކުރީ ކޮން ދުވަހަކުކަން ސީދާ ބުނަން ނޭންގޭ ކަމަށާއި ރޭ އެ މައްސަލަ ރިޕޯޓު ކުރީ އޮފީސް ހުޅުވިއިރު ތަކެތި ނެތިގެން ކަމަށެވެ.
އެމްޑީޕީގެ އެ އޮފީހުން ވަގަށް ގެންދިޔަ ތަކެތީގެ ތެރޭގައި ކޮމްޕިއުޓަރަކާއި ދެ ހާޑް ޑިސްކް ހިމެނެ އެވެ.
ވަގުން ވަދެ އޮފީސް ފަޅައިލީ ނުހުޅުވައި ހުންނަތާ ދުވަސްތަކެއް ވެފައި ވަނިކޮށެވެ. އެ މައްސަލަ އާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.