ޔަމަނުގައި ދިރިއުޅޭ މީހުންގެ ހާލަތު ގޯސްވުމާ ގުޅިގެން އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން އެގައުމުގެ ނިކަމެތިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރިލީފް ކެމްޕޭނެއް ފަށައިފި އެވެ.

ދުނިޔޭގެ އެންމެ ނިކަމެތި އަދި ހާލަތު ގޯސް ގައުމުގެ ގޮތުގައި އދ. އިން ކަނޑައަޅައަޅާފައިވާ ޔަމަނުގެ ހާލަތު ވަނީ ކޮވިޑް-19 އާ ގުޅިގެން އިތުރަށް ގޯސްވެފަ އެވެ.

އައިއޭސީ އިން ބުނެފައިވަނީ މިދަނޑިވަޅުގައި ޔަމަނުގެ ނިކަމެތީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކަށް މި މަހުގެ 22 އިން ފެށިގެން އަންނަ މަހުގެ 10ގެ ނިޔަލަށް އިމާޖެންސީ ރިލީފް އެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޔަމަނުގެ ރައްޔިތުންނަށް މުޅި ދުނިޔޭގެ އެހީތެރިކަން ބޭނުންވެފައިވާ މިދަނޑިވަޅުގައި، އައިއޭސީ ރިލީފްގެ ޒަރިއްޔާއިން ދިވެހިރައްޔިތުންނަށް ޔަމަނުގެ ނިކަމެތި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެކަން ވަނީ ބުނެފައެވެ.

ނިކަމެތިންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ދަނޑިވަޅެއްގެ އިންތިޒާރުގައި ތިބި ދިވެހިރައްޔިތުންނަށް، ޔަމަނުގައި ތިބި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެކަން އައިއޭސީއިން ހާމަކުރެ އެވެ. އެގޮތުން ޔަމަން އެމެޖެންސީ ރިލީފް ފަންޑަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އައިއޭސީ ޔަމަން އެކައުންޓް