މަގުމަތިން ހިނގާފައި ދިޔަ އަންހެން ކުއްޖަކު ގަދަކަމުން ހިފަހައްޓައި ކާރަކަށް އަރުވައިގެން ގެސްޓުހައުސްއަކަށް ވައްދައި ރޭޕްކޮށް މަންޒަރު ވީޑިއޯކުރި ހަތަރު މީހުންގެ ތަހުގީގު ނިމިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު މިދިޔަ ހަފްތާގައި ނިމިފައިވާ ކަމަށާއި އަންނަ ހަފްތާގެ ތެރޭގައި އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާނެ ކަމަށެވެ.

މި އަމަލު ހިންގާފައި ވަނީ މި ދިޔަ ޑިސެމްބަރު މަހުގެ 11 ވީ ހޮނިހިރު ދުވަހުގެ ދުވާލު މެންދުރުގެ ވަގުތުގަ އެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ ސ. ހިތަދޫ ހިތަދޫގޭ، އަޒްމީލް އަހުމަދު 20، އާއި މ. ހިޔަމަ، އިސްމާއިލް މުނީޒް 19، އާއި ސ. މަރަދޫ ފޭދޫ ވައިޓްސީ، މުހައްމަދު އަޒުމް25، އަދި މ. ފެންނިރު އަހުމަދު ނަބީހް މޫސާ 21، އެވެ.

މަސްތުވާތަކެއްޗާއި މާރާމާރީގެ ކުށުގެ ރިކޯޑް ވެސް އޮންނަ އެ ހަތަރު މީހުން މިހާރު ތިބީ ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ހައްޔަރުގަ އެވެ.