ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު މީހަކު ވެންޓިލޭޓަރަށް ލައިފިއެވެ. މިހާރު ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު ތިނަކަށް ވަނީ ތިނަކަށް އަރާފައެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލްގައި ތިން މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށާއި އެ ތިން މީހުން ވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ.

މި މަހުގެ 30 އަށް ޓްރީޓޮޕް ހޮސްޕިޓަލް ހުސްކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނައިރު އެ ތިން މީހުން ދެން ބަދަލު ކުރާނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާއަށް ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ކޮވިޑަށް ހާއްސަކޮށްގެން ހުޅުމާލޭގައި އެޅި، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އަށް މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރާއްޖެއިން މަރުވެފައި ވަނީ އަށް މީހެކެވެ.