ރާއްޖެއިން އިތުރު 22 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، 12 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 4 ދިވެހިންނާއި 18 ބިދޭސީން ކަމަށެވެ.

އޭގެ ތެރެއިން 13 މީހުންނަކީ މީގެ ކުރިން ޕޮޒިޓިވްވެފައިވާ ކްލާސްޓަރ ތަކާ ގުޅުން ހުރި މީހުން ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ހަތް މީހަކު އެއްވެސް ކްލަސްޓާރ އަކާ ގުޅުމެއް އޮތް ކަން އަދި މިހާތަނަށް އެނގިފައި ނެތް އިރު އޭގެ ތެރޭގައި ހިމެނެނީ ދިވެއްސެއްގެ އިތުރުން ހަ ބިދޭސީން ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ރާއްޖެއިން 2305 މީހަކަށް ކޮވިޑް ޖެހިފައިވާއިރު މިހާރު ފަރުވާ ދެމުން އަންނަނީ 417 މީހުނަށެވެ. އޭގެ ތެރެއިން ތިން މީހަކު ޓްރީ ޓޮޕްގައި ފަރުވާދެމުން އަންނައިރު އެ ތިން މީހުން ވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށް މަބްރޫކް ވިދާޅުވި އެވެ.