މި ދުވަސްވަރު އެންމެ ޑިމާންޑު ބޮޑީ ކޮވިޑް19އިން ރައްކާތެރިވާން ބޭނުންކުރާ ތަކެއްޗަށެވެ. މިތަކެތި ގަތުމަށް މީހުން ފިހާރަތަކުގައި ކިއު ހަދައިގެން ވެސް ތިބެ އެވެ. ނަމަވެސް މިއަށްވުރެ ފަސޭހަ ގޮތަކަށް ގޭގައި ތިބެގެން ވެސް މިތަކެތި ގަނެވޭނެ ގޮތް މިހާރު ވަނީ ހަމަޖެހިފަ އެވެ. އޮންލައިން ވިޔަފާރި "ދިމާޓް"އިން މިހާރު ކޮވިޑް19އިން ރައްކާތެރިވާން ބޭނުންކުރާ ސާމާނު ލިބޭނެ އެވެ.

ދިމާޓު އޮންލައިން ފިހާރައިން ވިއްކާ ކޮވިޑް19އިން ރައްކާތެރިވާން ބޭނުންކުރާ ސާމާނުގެ ތެރޭގައި ހިމެނެނީ؛

  • ފޭސް ޝީލްޑް

  • ފޭސް މާސްކު (ޑިސްޕޯސިބަލް 3ޕްލައި)
  • ޕްރޮޓެކްޓިވް މާސްކު (ކޭއެން95)
  • ކޮސްމޯ ހޭންޑް ސެނިޓައިޒާ
  • ބޮޑީ ކަވަރޯލް
  • އައިސޮލޭޝަން ގައުން (ހެޑް ކަވަރާއި ޝޫ ކަވަރާއެކު)

ދިމާޓުން ވިއްކާ ޕްރޮޓެކްޓިވް އިކުއިޕްމަންޓްތައް--

އެތަކެތީގެ ތެރެއިން ޑިސްޕޯސިބަލް ފޭސް މާސްކު ވިއްކަނީ 100 މާސްކުގެ ސެޓުންނެވެ. މީގެ އިތުރުން އެކި ޑައިޒައިންތަކުން ތައްޔާރުކޮށްފައިވާ ކުޑަކުދިންގެ ފޭސް މާސްކު ވެސް ދިމާޓުން ދަނީ ވިއްކަމުންނެވެ.

ދިމާޓުން ވިއްކާ އެކި ޑިޒައިންތަކުގެ ކުޑަކުދިންގެ މާސްކު--

ދިމާޓު ވެބްސައިޓުން މިތަކެއްޗަށް އޯޑަރުކޮށް، އިތުރު މައުލޫމާތު ހޯދޭނެ އެވެ.

ދިމާޓުން އޯޑަރު ކުރާ ހުރިހާ މުދަލެއް ވެސް އިތުރު އަގަކާ ނުލައި ގެއާ ހަމައަށް ޑެލިވަރީ ކޮށްދެ އެވެ.