26 Jun 2020, 22:09
މިއަދު ކޮވިޑް-19 އަށް ހަ މީހަކު ޕޮޒިޓިވްވީއިރު 15 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މިއަދު ބައްޔަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ ތިން ދިވެހީންނާއި ބަންގްލަދޭޝްގެ ތިން މީހުންނެވެ.
މިއާއެކު މިއަދު އިރުއޮއްސި ހައެއް ޖެހުމާ ހަމައަށް، ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ވަނީ 2،283 އަށް އަރައިފައެވެ.
މިއަދު ކޮވިޑް19 ގެ ހަ ކޭސް ފެނިފައި ވާއިރު، 15 މީހަކު ވަނީ ބަލިން މުޅިން ރަނގަޅުވެފައެވެ. ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 1،863 މީހަކު ވަނީ ބަލިން މުޅިން ރަނގަޅުވެފައެވެ.
މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި ރާއްޖޭގައި ފަރުވާ ދެވެމުން ދަނީ 407 މީހަކަށެވެ. ކަރަންޓީނު ފެސިލިޓީތަކުގައި 219 މީހަކު ތިބިއިރު 312 އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަ ތިއްބެވެ.
ސިއްހީ ކަމާއިބެހޭ ފަރާތްތަކުން ވަނީ މި ބައްޔަށް ޓެސްޓުކުރުމުގެ ގޮތުން މިހާތަނަށް 46،891 ސާމްޕަލް ނަގައިފަ އެވެ. މީގެ ތެރޭގައި ތަކުރާރުކޮށް ނެގިފައިވާ ސާމްޕަލްވެސް ހިމެނެ އެވެ.