27 Jun 2020, 13:07
ކޮރޯނާވައިރަހުގެ ސަބަބުން ޝޫޓިން މެދުކެނޑިފައި އޮތް ފިލްމު "ބޫލް ބުލައްޔާ 2"ގެ ޝޫޓިން އަންނަ ސެޕްޓެމްބަރު މަހު ފެށުމަށް ނިންމައިފިއެވެ.
ބޮލީވުޑްގެ މިހާރު އެންމެ ޑިމާންޑް ބޮޑު އެކްޓަރު ކާތިކް އާރްޔަންއާއި ބަތަލާ ކިއާރާ އަދުވާނީ ލީޑު ރޯލުން ފެނިގެންދާ މި ފިލްމުގެ ޝޫޓިން ފަށާނީ ލަކްނޯގައެވެ. ސަރުކާރުން ހުއްދަ ދިނުމާއެކު ފިލްމުގެ ޝޫޓިން ފަށާނެ ކަމަށާއި އުންމީދަކީ ސެޕްޓެމްބަރު މަހު ހިސާބު ޝޫޓިން ފެށޭވަރުވާނެ ކަމަށް ފިލްމުގެ ޑައިރެކްޓަރު އަނީސް ބަޒްމީ ބުންޏެވެ. އޭނާ ބުނީ ފިލްމުގެ ޝޫޓިން އެއްކޮށް ނިންމާލެވޭނީ އަދި 35 ދުވަހުން ކަމަށެވެ. "ބޫލް ބުލައްޔާ 2" އަކީ ބުޝަން ކުމާރު ޓީ ސީރީޒްއިން ޕްރޮޑިއުސްކުރާ ފިލްމެކެވެ.
މި ފިލްމަކީ 2007 ގައި އަކްޝޭ ކުމާރު ކުޅުނު "ބޫލް ބުލައްޔާ" ގެ ދެވަނަ ބައެވެ. ފިލްމުގެ ފުރަތަމަ ބައިގައި އަކްޝޭ ކުޅުނީ ސައިކޭސްޓްރިކް އެއްގެ ރޯލެވެ.
މި ފިލްމަކީ ކިއާރާ އާއި ކާތިކްގެ ޖޯޑު އޮން ސްކްރީނުން ފެނިގެންދާނެ ފުރަތަމަ ފިލްމުވެސްމެއެވެ.