02 Jan 2012, 10:45
ކާޑެއްދޫ އެއާޕޯޓް ކޮމްޕެނީ ލިމިޓެޑްގެ ނަމުގައި، ރައީސުލްޖުމްހޫރިއްޔާ ކުންފުންޏެއް އުފައްދަވައިފި އެވެ.
މި ކުންފުންޏަކީ ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިފައިވާ، ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލޭ ސަރުކާރުގެ ކުންފުންޏެކެވެ. ކުންފުނި އުފެއްދެވީ ރައީސްގެ ގަރާރަކުންނެވެ.
މިކުންފުންޏަކީ، ރާއްޖޭގެ އިޤްތިސޯދީ ތަރައްގީ އާއި އިޖްތިމާޢީ ދުޅަހެޔޮކަމަށް މަގުފަހިކޮށްދޭ ގޮތަށް ރާއްޖޭގެ ސަރަޙައްދީ ވައިގެ ބަނދަރުތަކުގެ ހިންގުން، ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިޔުމަކީ ބޭނުންތެރިކަމެއް ކަމަށް ފެނިވަޑައިގަންނަވާތީ ރައީސް އުފެއްދެވި ކުންފުންޏެއް ކަމަށް ރައީސް އޮފީހުން މިއަދު ބުންޏެވެ.