25 Jun 2020, 16:35
މަތީ ތައުލީމުގެ ލޯނަށް އެދި ހުށަހެޅި ދަރިވަރުންގެ ތެރެއިން 514 ދަރިވަރަކަށް ލޯނު ދޫކުރަން ނިންމައިފިއެވެ.
މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވަނީ މިކަން އިއުލާނުކުރައްވާފައެވެ.
މިއީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ހުޅުވާލި ލޯނު ސްކީމުގެ ދަށުން ދޫކުރާ ލޯނުތަކެކެވެ. އެ ލޯންތަކަށް 1300 އެއްހާ ދަރިވަރުން ކުރިމަތިލިއެވެ.
މިދިޔަ ފެބްރުއަރީ މަހު ހުޅުވާލީ 550 ލޯންގެ ފުރުސަތެވެ. ނަމަވެސް އޭގެ ތެރެއިން 36 ފުރުސަތަތަކަށް ޝަރުރުތައް ހަމަނުވާތީ މިފަހަރު އެދާއިރާތައް ލޯން ދުލެއް ނުކުރެއެވެ.
މިފަހަރު ލޯން ދޫކުރާއިރު މާލީ ގޮތުން ފުއްދުންތެރިކަން ކުޑަ ފަރާތްތަަކަގެ ތެރެއިން ޒަކާރުގެ ލިސްޓުގައި ހިމެނޭ ފަރާތްތަކާއި އެކިއެކި ލައިސަންސް ޕްރޮގްރާމްތަކާއި "ސަރުކާރުގެ ޓްރެއިނިން ނީޑް ރިކުއާމަންޓް" ގައި ހިމެނޭ ދާއިރާތަަކަށްވެސް ލޯން ދޭން ވަނީ ނިންމައިފައެވެ.
ކުރިން ލައިންސަސް ނެގުމުގެ ޕްރޮގްރާމްތަކުގެ ތެރެއިން ލޯން ދުކުރަނީ ޕައިލެޓް ލައިސަންސް ނަގަންކަމަށް ވިޔަސް މިފަހަރު ވަނީ މެރިން އިންޖިނިއަރިންގެ ލައިސަންސްއާއި އެއާކްރާފްޓް އިންޖިނިއަރިން ފަދަ ލަައިސަންސް ޕްރޮގްރާމްތަކަށްވެސް ލޯން ދީފައެވެ. އެގޮތުން ޖުމްލް 15 ފަރާތަތަށް އެކި ލައިސަންސް ޕްރޮގްރާމްތައް ހެދުމަށް ވަނީ ލޯންގެ ފުރުސަތު ދީފައެވެ.
ލޯންގެ އިތުރު ފުރުސަތު ދިން އަދަދުތައް
ޑިޕްލޮމާގެ ކޯސްތަކަށް 48 ފުރުސަތު
- ބެޗެލާސް ޑިގްރީ 264 ފުރުސަތު
- މާސްޓާސް ޑިގްރީ 160 ފުރުސަތު
- ޕީއެޗްޑީ 27 ފުރުސަތު
ލޯންގެ ފުރުސަތު ރާއްޖޭގެ އެކި ހިސާބުތަކުގެ ދަރިވަރުންނަށް ދިނުމުގެ ގޮތުން މިފަހަރު ވަނީ އިންތިހާބީ ދާއިރާތަކުން ކޮންމެ ދާއިރާއަކުންވެސް ދަރިވަރަކަށް ލޯން ދޫކުރާން ނިންމައިފައެވެ. ނަމަވެސް އިންތިހާބީ ދާއިރާތަކުން ޖުމަލް ކުރިމަތިވެސް ލާފައިވަނީ އެންމެ 46 ދަރިވަރުންނަށެެވެ. އަދި 36 ދަރިވަރަކު ޝަރުތު ހަމަނުވާތީ ލޯން ލިބުނީ އެންމެ 10 ދަރިވަރުންނަށެވެ.
ލޯންގެ ފުރުސަތުތަކުގެ ތެރެއިން 15 ދަރިވަރުންނަށް އެމްބީބީއެސް ހަދަން ފުރުސަތު ދިންއިރު ސްޕެޝަލައިޒްވާން 22 ދަރިވަރުންނަށް ފުރުސަތު ދިނެވެ.
މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ދަރިވަރުންނަށް ލޯން ލިބޭތާ އެއް އަހަރުގެ ތެރޭގައި ކިޔެވުން ފަށަން ޖެހޭނެކަމަށާއި އަދި ހާއްސަ ހާލަތެއް މެދުވެރިގެން އެ މުއްދަތުގެ ތެރޭގަިއ ކިޔެވުން ނުފެށޭނަމަ އެކަން މިނިސްޓްރީއަށް އަންގަން ޖެހޭނެކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މިއަހަރު ދެން ލޯން ސްކީމްގެ އިތުރު ފުރުސަތުތަކެއް ދިނުމުގެ ފުރުސަތު ކުޑަ ކަމަށެވެ. އެހެން ނަމަވެސް މިހާރުވެސް މީހުން ބިނާކުރުމަށް ކުރިއަށް ގެންދާ އެކިއެކި ޓްރެއިނިން ޕްރޮގްރާމްތައް ކުރިއަށް ގެންދާނެކަމަށް ވިދާޅުވިއެވެ.