ހދ. މަކުނުދޫގައި އެއް ޖިންސުން ގުޅުން ހިންގާ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އިން ބުނީ، މަކުނުދޫގައި ބަޔަކު އެއް ޖިންސުން ގުޅުން ހިންގާ ކަމަށް ބުނެ މައްސަލައެއް އިއްޔެ ހަވީރު ހައެއް ޖަހާލިއިރު ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 29 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އެ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.

މަކުނުދޫގައި އެއް ޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތުކުރާ މީހާ ހައްޔަރު ނުކޮށްގެން އެ ރަށުގައި އިއްޔެ ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ.