މަގުމަތިން ހޮވާފައިވާ ފައިސާތަކެއްގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާނު ކޮށްފިއެވެ.

ފުލުހުން ބުނީ މިފައިސާތަކަކީ 2020 ޖޫން 21 ވަނަ ދުވަހުގެ ވަގުތެއްގައި މާލޭ ޖަނަވަރީމަގު ވިނޯލިޔާ ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ފައިސާތަކެއް ކަމަށެވެ.

ވީމާ މި ފައިސާތަކުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުވައި، އިންސިޑެންޓް ނަންބަރު 458619 ބުނުމަށްފަހު، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ފައިސާތަކާ ހަވާލުވުމަށް އެދޭ ކަމަށެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.