24 Jun 2020, 17:10
އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖަކާމެދު ބަދުއަހުލާގީ އަމަލު ހިންގާފައިވަކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ފުލުހަށް ހާޒިރުވާން ބިދޭސީއަކު ހޯދަން ފުލުހުން އޭނާގެ މައުލޫމާތު އާންމުކޮށްފިއެވެ.
އައްޑޫ ސިޓީ ޕޮލިހުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތަހުގީގަށް ހޯދަން ބޭނުންވެގެން އިއުލާނުކޮށްފައި ވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އެމްޑީ އިދްރީސް (33އ) އެވެ.
އޭނާގެ ޕާސްޕޯޓު ނަންބަރަކީ C1497280 އެވެ.
ފުލުހުން ބުނީ އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާ ކަމަށާއި އޭނާ އަކީ ސްޕޮންސަރަށް ވެސް ފިލައިގެން އުޅޭ މީހެއް ކަމަށެވެ.
އެހެންކަމުން އޭނަ އުޅޭ ވަކި ތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އޭނާއަށް އަންގައި ވަނީ އިއުލާނުކޮށްފައެވެ.
ޖުލައި ދެވަނަ ދުވަހުގެ 14:00 އަށް އައްޑޫ ހިތަދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އޭނާއަށް ވަނީ އަންގައިފައެވެ.