01 Jan 2012, 15:29
ތިރީސް އެއް ވަނަ ޤައުމީ ބާސްކެޓް ބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗް އަންނަ ބުދަ ދުވަހުގެ ރޭ ފަށާ ގޮތަށް ބާސްކެޓް ބޯޅަ އެސޯސިއޭޝަނުން ނިންމައިފި އެވެ.
ޖުމްލަ ހަތަރު ޓީމް ވާދަ ކުރާ މިމުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ ބުދަ ދުވަހުގެ ރޭ 8:30 ގައި ބައްދަލުކުރާ ދެޓީމަކީ ރެޑްލައިން ކުލަބާއި ހަރިކޭން ބީސީ އެވެ. އަދި މުބާރާތުގެ ދެ ވަނަ މެޗުގައި ބައްދަލުކުރާ ދެޓީމަކީ ޓީރެކްސް އާއި ޑީބީސީ އެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތު ދުވަހުގެ ރޭ 8:30 ގައެވެ. މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ޒުވާނުންގެ މަރުކަޒުގެ ބާސްކެޓް ކޯޓުގައެވެ.
މިމަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތް ކުޅޭނީ ތިން ސެމީ ފައިނަލް ކުޅުމަށް ފަހު ފައިނަލަށް ޓީމުތައް ހޮވޭ ގޮތަށެވެ.
ގައުމީ މުބާރާތަށް ފަހު އެ ހަތަރު ޓީމާއި ބޭރުގެ ދެ ޓީމާ އެކު މިމަހުގެ 15 ވަނަ ދުވަހު އިންވިޓޭޝަނަލް ބާސްކެޓްބޯޅަ މުބާރާތް ފަށާނެ އެވެ.