ހުޅުމާލޭގައި ކުޑަ ކުއްޖަކު ދުއްވި ބައިސްކަލަކާއި ބަހެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ބައިސްކަލު ދުއްވަން އިން ކުޑަ ފިރިހެން ކުއްޖާ އަށް އެކިވަރުގެ އަނިޔަވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު މެންދުރު 11:45 ހާކަންހާއިރު އެ އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލޭ ހަނދުވަރީ ހިނގުމުން ދުއްވާފައި ދިޔަ ބަހަކާއި ހަމަ އެ މަގަށް އަޅަން ދިޔަ ބައިސްކަލެއް ޖެހި ކަމަށެވެ. އެ ހާދިސާ ހިނގި އިރު ބައިސްކަލު ދުއްވަން އިނީ 14 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށް ވެސް ޕޮލިހުން ބުންޏެވެ.

ފުލުހުން ބުނީ މަގުގެ ދެކޮޅުން ގޯޅި އަޅަން ދިޔަ ބަހާއި ބައިސްކަލް ޖެހި ހިނގި އެކްސިޑެންޓްގައި ކުޑަ ކުއްޖާ ބަހުގައި ޖެހި ވިއްސައިގެން ގޮސް ޕޭމަންޓްގައި ޖެހުމުގެ ސަބަބުން އެކިވަރުގެ ކުދިކުދި ޒަޚަމްތައް އެ ކުއްޖާ އަށް ލިބިފައިވާ ކަމަށެވެ. އަދި މިހާރު ހުޅުމާލޭ ހޮސްޕިޓަލުގައި އެ ކުއްޖާ އަށް ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.