އަންނަ މަހުގެ 15 އިން ފެށިގެން ރާއްޖެ ޓޫރިޒަމަށް ހުޅުވާލޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ރަސްމީކޮށް އިއުލާން ކުރައްވައިފި އެވެ.

ރައީސް އެކަން އިއުލާންކުރެއްވީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލު ކުރައްވަ އެވެ.

ރައީސް ސޯލިހު ވިދާޅުވީ ކޮވިޑް-19އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތުގައި ރަނގަޅު ނަތީޖާއެއް ހޯދި ރާއްޖޭގެ ހާލަތު ރަނގަޅުވަމުން އަންނާތީ ރާއްޖެ މިހާރު ދަނީ ދެވަނަ ފޭސްއަށް ކަމަށެވެ. އެއީ އަންނަމަހުން ފެށިގެން ސަރުކާރު އޮފީސްތައް ހުޅުވާލުމާއި، ކެފޭ ރެސްޓޯރަންޓް އަދި ސްކޫލްތައް ހުޅުވާލުން ކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތުން އެންމެ މުހިންމު ކަމަކީ ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުން ކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ. އެގޮތުން އަންނަ މަސް، ޖުލައި 15 އިން ފެށިގެން ރާއްޖޭގެ ހުރިހާ އެއާޕޯޓެއް ހުޅުވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި އެއާ އެކު ރިސޯޓްތައް ހުޅުވި، ޓޫރިޒަމް އަލުން ފަށައިގަނެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ގެސްޓް ހައުސްތައް އޮގަސްޓްމަހުގެ ތެރޭގައި ހުޅުވުމަށް ހުއްދަ ދެއްވާނެ ކަން ވެސް ރައީސް އިއުލާން ކުރެއްވި އެވެ.

ތަފްސީލް އަންނަނީ...