ރ. މަޑުއްވަރީއަށް ސިފައިންނާއި ފުލުހުން އަރައި އެ ރަށުގައި އޮޕަރޭޝަނެއް ފަށައިފި އެވެ.

އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން "ސަން" އަށް ޔަގީންކަން ދިން ގޮތުގައި ފުލުހުންނާއި ސިފައިން އެ ރަށުގައި ހިންގާ އޮޕަރޭޝަންގައި ފާސްކުރަމުން ދަނީ މީގެ ކުރިން ވެސް ހަރުކަށި ފިކުރުގެ މީހުންނާ ދެކޮޅަށް އެ ރަށުގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ފާސްކުރިގެ އެކެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުވެސް ފުލުހުންނާއި ސިފައިން ގުޅިގެން އެ ރަށުގައި އޮޕަރޭޝަނެއް ހިންގި އެވެ. އެ ފަހަރުވެސް ހަރުކަށި ފިކުރުގެ މީހުން އުޅޭ ކަމަށް ތުހުމަތު ކުރެވޭ ގެތައް ބަލައި ފާސްކޮށް ހަ މީހަކު ހައްޔަރުކޮށް އެ މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފަ އެވެ.

މީގެ އިތުރުން ދަރިންނަށް ވެކްސިން ޖަހައި ސްކޫލަށް ފޮނުވަން އިންކާރު ކުރި މައިންބަފައިންނަށް ނަސޭހަތް ދީ ވެކްސިންވެސް ޖައްސުވާފައިވެ އެވެ.

އެ އޮޕަރޭޝަންގެ ބަދަލު ހިފުމުގެ ގޮތުން މިއަހަރުގެ ކުރީކޮޅު ހުޅުމާލޭގައި ހައްދުފަހަނަ އެޅި ފިކުރުމުގެ ބަޔަކު ވަނީ ޓޫރިސްޓުންތަކަކަށް ހަމަލާދީ ޒަހަމްކޮށްލައިފަ އެވެ.

މިއަދުގެ އޮޕަރޭޝަނާ ގުޅިގެން ފުލުހުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.