ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން އަނެއްކާވެސް ރައީސްކަމަށް ކުރިމަތިލައްވާނެކަމުގެ ސިދާ އިޝާރާތެއް ދެއްވައިފިއެވެެ.

ޕުޓިން ވަނީ 2000 އިން ފެށިގެން 2008 އަކަށް ރައީސްކަން ކުރައްވައިފައެވެ. 2008 އަކުން 2012 އަށް ބޮޑުވަޒީރުގެ މަގާމު ފުރައްވައި 2012 އިން ފެށިގެން އަނެއްކާވެސް ދަނީ ރައީސްގެ މަގާމު ފުރުއްވަމުންނެވެ.

ރަޝިއާގެ މިހާރުގެ ގާނޫނުތައް އޮންނަ ގޮތުން ދެން ޕުޓިންއަށް ރައީސްކަމުގައި ހުންނެވޭނީ 2024 ވަނަ އަހަރާ ހަމައަށެވެ.

ޕުޓިންއަށް އާ ދައުރަކަށް ކުރިމަތި ލެވޭ ގޮތުން ގާނޫނު އަސާސީ އިސްލާހުކޮށް ސްޕްރީމްކޯޓުން މިހާރު ވަނީ އެކަން އެޕްރޫވްވެސް ކޮށްފައެވެ.

މިދިޔަ އާދިއްތަ ދުވަހު ރަޝިއާގެ ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ޕުޓިން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިނުލެއްވުމާމެދު އަދި ވިސްނުމެއް ނެތް ކަމަށެވެ.

"އަޅުގަނޑު ވަރަށް ސީދާ ކޮށް މި ދަންނަވަނީ. ގާނޫނަށް މިގެނައި ބަދަލާއެކު އަލުން ވެރިކަމަށް އިއާދަނުވެއްޖެނަަމަ ދެން އެންމެންވެސް ބަލާނީ ދެން ކޮންބައެއްތޯ މި މަގާމަަށް އަންނާނީ. މި މަގާމަށް ދެން އަންނާނެ ބައެއް ހޯދަންވީކީ ނޫން. އަޅުގަނޑުމެންވީ ކުރިއެކޭވެސް އެއްގޮތަށް ކަންތައްތައް ކުރިއަށް ގެންދަން" ޕުޓިން ވިދާޅުވިއެވެ.

ސީއެންއެން--